ads
އެޕްޑީޕީގެ ޕީޖީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ވަޒީފާއާބެހޭ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކަށް، އެމްޑީޕީ ކަންބޮޑުވެއްޖެ
ވަޒީފާއާއިބެހޭ ގާނޫނަށާއި ލާމާރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކަށް އިދިކޮޅު އެމްޑީޕީން ކަންބޮޑުވެއްޖެ އެވެ.
Advertisement

އެޕްޑީޕީގެ ޕީޖީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ކުރިން ވަޒީފާއާ ބެހޭ ގާނޫނުގައި ރަނގަޅު ދިރާސާތަކެއްކޮށް އެއް ލައްކައަށް ވުރެ ގިނައިން އެއް ގައުމަކުން ބިދޭސީން ނުގެނެވޭނެ ކަމަށް ލިޔެވިފައި ވަނިކޮށް، އެއަށް ނުބަލާ އިތުރަށް ބިދޭސީން ގެނައުމަށް ސަރުކާރުން ހުޅުވާލިކަން ފާހަގަވެފައިވާ ކަމަށެވެ.

އެކަން ވަގުތީ ގޮތުން މަޑުޖައްސާލީ އެމްޑީޕީގެ ޕީޖީން ކަންބޮޑުވުން ފާޅުކުރުމުންކަން މައުރޫފް ވަނީ ފާހަގަކުރައްވާފަ އެވެ.

މައުރޫފް އިތުރަށް ވިދާޅުވީ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ކައުންސިލް ތަކުން ހުސްވާ ގޮނޑިތަކުގެ ބައި އިލެކްޝަން ބޭއްވުން ހަމަސް ދުވަހަށް ފަސް ކުރަން ސަރުކާރުން ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައި އޮތް އޮތުމަކީ، ހަރަދު ކުޑަ ކުރުމުގެ ނަމުގައި، އިންތިހާބުތައް ނުބާއްވާ، ރައްޔިތުންނާ ސަރުކާރާ އޮންނަ ގުޅުން ކުޑަކޮށް، ކައުންސިލްތަކަކީ ކަމެއް ނުކުރާ ތަންތަނުގެ ގޮތުގައި ދެއްކުން ކަމަށެވެ.

ބިދޭސީންނަށް ވަޒީފާދިނުމަށް ފަހު އިހުމާލުވާ ފަރާތްތަކުން ޖޫރިމަނާ ކުރުމަކާ ދެކޮޅެއް ނޫން ކަމަށާއި ހަރުދަނާ ގޮތެއްގައި އެކަން ކުރުމަށް ފެންނަ ކަމަށް މައުރޫފް ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ މެދު އިހުމާލުވެ، މުސާރަ ނުދީ ހިފަހައްޓާނަމަ ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ގެނައުމަށް މިހާރު ވަނީ ހުށަހަޅާފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް