ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖޭއެސްސީއަށް ފަނޑިޔާރުން އިންތިހާބުކުރަން ބާއްވާ ވޯޓް އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުކަމެވެ. މި މަގާމަށް 4 ގާޒީއަކު ވަނީ ކުރިމަތިލާފައެވެ. އޭގެތެރޭގައި ކްރިމިނަލްކޯޓްގެ ކުރީގެ އިސްގާޒީ ގާޒީ އަބްދުﷲ މުހައްމަދު ހިމެނެއެވެ.
ދަށުކޯޓްތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް ކުރިމަތިލީ ގާޒީން
ޖޭއެސްސީއަށް ދަށުކޯޓުްތަކުން ކުރިމަތިލީ ގާޒީން
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން ނިންމާފައިވާކަން މި ސަރުކާރުންވެސް ވަނީ އިއުލާންކޮށްފައެވެ.
ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ މަޖިލީހުން ކަނޑައެޅި މެމްބަރު، ކޮމިޝަނުގެ ރައީސް ހުސައިން ރިޒާ އާދަމް، ހައިކޯޓް ފަނޑިޔާރު މުހައްމަދު ނިޔާޒް، ރައްޔިތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު އަބްދުއްރަހީމް އަބްދުﷲ، ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު، ބަންޑާރަ ނައިބު އަހްމަދު އުޝާމް، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް، ރައީސްގެ މެމްބަރުގެ ގޮތުގައި މުހައްމަދު ސަމީރު، ގާނޫނީ ވަކީލުންގެ ތެރެއިން އަލީ އަބްދުއްލަތީފް، އާއްމުންގެ ތެރެއިން ޑރ. އާމިނަތު އުއްމުކުލްސޫމްގެ އިތުރުން ދަށުކޯޓްތަކުން އަލީ ޝަރީފްއެވެ.