މިއަދު ފެނަކަ ކޯޕޮރޭޝަންއިން ބޭއްވި ނޫސްވެރިްނގެ ބައްދަލުވުމުގައި މުއާޒް ވiިދާޅުވީ ތަފާތު ސަބަބުތަކާ ހުރެ 29 ރަށަކަށް ފެން ފޯރުކޮށްދެނީ ބިލްނުކޮށް ކަމަށާއި އެ ރަށްތަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކައިން ކޮށްދެމުން ގެންދާކަމަށެވެ.
މުއާޒް ވިދާޅުވީ އެއީ ކުންފުންޏަށް އިންތިހާއަށް ގެއްލުން ބޮޑުކަމެއް ކަަމަށާއި އޮޕަރޭޝަނަށްވެސް އިންތިހާއަށް ފައިސާ ބޭނުންވާކަމެއް ކަަމަށެވެ. އޭގެތެރޭގައި ފެނަކައިގެ ސްޓާފުންނަށް ބޭނުންވާ ފައިސާ، މުސާރާގެ ގޮތުގައި ވަރަށް ގިނަ އަދަދެއް ހޭދަ ކުރަން ޖެހޭ ކަމަށްވާއިރު އެވަރަށްވެސް ރެވެނިއު ޖެނެރޭޓް ނުކުރެވޭ ކަމަށް މުއާޒް ފާހަގކުރެއްވި އެވެ.
ލައިސެންސް ނުދެވި ހުރީ ލިޔެކިޔުންތައް ފުރިހަމަ ވެފަ ނެތީމަ ކަމަށާއި އާރުއޯ ޕްލާންޓްތައް ނުވަތަ ފެނުގެ މަސައްކަތްތައް ކުރެވިފައި ހުރީ، އާރު އޯ ޕްލާންޓް ހަދާ ބައެއް ކުންފުނިތައް މެދުވެރިކޮށް ކަމަށް މުއާޒު ފާހަގަކުރެއްވި އެވެ.
ފެން ފޯރުކޮށްދިނުމުން ހައްދެއް ނެތް މިންވަރަށް ބިލް ނުކުރާ ކަމަށް ވެއްޖެއާމުން ފެން ބޭނުން ކުރާކަަމަށާއި އެގޮތައް ބޭނުން ކުރުމުން މެޝީންތަކަށް އެކަށީގެން ނުވާ މިންވަރަށް ލޯޑް އަރާ އެ މެޝީންތައްވެސް ހަލާކުވެގެން ދާކަމަށް މުއާޒު ވިދާޅުވި އެވެ. އެއީ އިްނތިހާއަށް ކަންބޮޑުވާ ކަންތައްތައް ކަން ފާހަގަކޮށް މުއާޒު ވަނީ އެކަންތައްތަަކށް ހައްލު ހޯދައިދިނުމަށް ޔޫއާރުއޭ އަށާއި މިނިސްޓްރީތަކަށް ގޮވާލާފަ އެވެ.
ފެނަކައިން ހިދުމަތްދޭ 29 ރަށުގައި ފެނުން ބިލް ނުކުރެވިގެން ވަަރަށް ގިނަ ފައިސާ ނުލިބި އެބަހުރި ކަމަށާއި ފައިސާ ބިލް ނުކރެވުމުގެ ސަބަބުން އޮޕަރޭޝަނަށްވެސް އިތުރު ހަރަދުތަކެއް ކުރަން ޖެހޭ ކަމަށް މުއާޒު ވިދާޅުވިއެވެ.
ފައިސާ ބިލް ކުރެވޭ ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް ޔަގީނުންވެސް ފެންނާނެކަަމަށް މުއާޒު ފާހަގަކުރެއެވެ.
ރާއްޖޭގެ 86 ރަށެއްގައި ފެނަކައިން ދަނީ ފެނުގެ ހިދުމަތް ދެމުންނެވެ.