ads
ހުުޅުމާލެ އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރި ތިން މީހުން - ފޮޓޯ: ޕޮލިސް
ކާރުގައި ތިބި އެންމެން ޝަރީއަތް ނިންމެންދެން ބަންދު
އިއްޔެ ހުޅުމާލޭގައި އެކްސިޑެންޓްވި ކާރުގައި ތިބި އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އިއްޔެ މެންދުރު ފަހު ހިނގި އެކްސިޑެންޓްގައި އަނިޔާވި މިހާއަށްް އަންނަަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭނާގެ ހާލު ސްޓޭބަލްކަމަށްް ފުލުހުން ވަނީ ބުނެފައެވެ. 

އެކްސިޑެންޓުވުމުން ކާރު ދުއްވަން އިން މީހާއާއި އެ ކާރުގައި ބާކީތިބި ދެމީހުންވެސް ވަނީ ފިލާފައެވެ. ކާރުގެ ޑްރައިވަރު ހޯދާ ފުލުހުން އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ. އޭނާއާއި އެކު ކާރުގައި ދެން ތިބި ދެމީހުންވެސް ވަނީ ހައްޔަރުކޮށްފައެވެ. 

މި މައްސަލަައާ ގުޅިގެން ހައްޔަރުކުރި މީހުން 

1. ކ. މާލެ، ހ. ނޫރަންމާގެއާގެ އިކްރާމްއަބްދުއްރަހުމާން

2. ކ. މާލެ، މ. ލޭންޑްއޮފްގާރޑްން އިބްރާހިމް އިކްރާމް

3. ގއ. ކަނޑުހުޅުދޫ، އާޒާދުގެ ޖިނާހް އިސްމާއިލް

ފުލުހުންގެ ބުނީ މީގެ ތެރެއިން އެކަކު ހައްޔަރު ކުރީ އެކްސިޑެންޓް ހިނގި ސަރަހައްދުން ކަމަށެވެ. އަދި ބާކީ ތިބި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް