ads
ޒުވާން ހަތީބުން ޕްރޮގްރާމުގެ 2 ވަނަ ބުރަށްް ކުރިމަތިލީ ޒުވާނެއް އިންޓަވިއުގައި
ފާސްވި 100ކުދިންނާއިއެކު ޒުވާން ހަތީބުން ދެވަނަ ބެޗް މިރޭ ފަށަނީ
އިންޓަވިއުން ފާސްވި ކުދިންނާއިއެކު ޒުވާން ހަތީބުންގެ ދެވަނަ ބުރުގެ ތަމްރީނުތައް މިރޭ ފަށާނެކަމަށްް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޒުވާން ހަތީބުން ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.   

މި ޕްރޮގްރާމްގެ ދެވަނަ ބުރަށް ހުޅުވާލުމުން 206 ކުއްޖަކު ފޯމު ހުށައަޅާފައިވާކަމަށްް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މިފަހަރު ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ފުރުސަތު ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިންޓަވިއު ނިމުމުނު ކުދިންގެ ތެރެއިން ފާސްވީ 100 ދަރިވަރުންކަމަށެވެ. އެ ކުދިންނާއި އެކު މިރޭ ތަމްރީނުތައް ފަށާނެކަމަށާއި އަތޮޅުތަކުން ބައިވެރިވި އިތުރު 100 ޒުވާނުންގެ ތަމްރީނު ކުރިއަށްދާނީ އޮންލައިންކޮށްކަމަށެވެ. 

މި ޕްރޮގްރާމްގެ ދެވަނަ ބުރުގެ އިމްތިހާނު ތިން ސަރަހައްދެއްގައި ބާއްވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މި ފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނުތައް މާލޭގެ އިތުރުން އޮންނާނީ އައްޑޫ ސިޓީއާއި މ. އަތޮޅުގައިކަމަށް އެ މިނިސްޓްރީން ބުނެއެވެ.  

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 160 ކުދިންނާއި ވަނީ އިންޓަރވިއުކޮށްފައެވެ. އޭގެތެރެއިން 100އަށް ވުރެ ގިނަ ކުދިން ވަނީ ތަމްރީނުތައް ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފަ އެވެ. 

މި ޕްރޮގްރާމްގެ ތެރެއިން ހަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެ ނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ހާއްސަ ތަމްރީނުތަކެއް ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ހަތީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ލިބިފައިވާކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް