ads
ހަމާސްގެ ވެރިޔާ އިސްމާއިލް ހަނިއްޔާ
ހަނިއްޔާ އަވަހާރަކޮށްލުން، އެންމެ ފަހުން ސަރުކާރުން ކުށްވެރިކޮށްފި
ހަމާސް ޖަމާއަތުގެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް އަވަހާރަކޮށްލުމުން އެންމެފަހުން ދިވެހި ސަރުކާރުންވެސް އެކަން ކުށްވެރިކޮށްފިއެވެ.
Advertisement

އިޒްރާއީލުން ދިން ހަމޅާއެއްގައި ހަނިއްޔާ އަވަހަރާކޮށްލިތާ 24 ގަޑިއިރުވެސް ވީ ފަހުން ފޮރިން މިނިސްޓްރީން އެ ހކަން ކުއްވެރިކޮށް ބަޔާނެއް ނެރެފައި މިވަނީ ސަރުކާރަށްް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. 

ފޮރިން މިނިސްޓްރީން ނެރުނު ކުރުކުރު ބަޔާނުގައި ބުނީ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް ބުދަ ދުވަހުގެ ފަތިހު އަވަހާރަކޮށްލުމާ ގުޅިގެން ދިވެހި ސަރުކާރުން އެކަން ކުށްވެރިކުރާކަމަށެވެ. 

ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތައް ނަގަހައްޓައި، ޣައްޒާގެ މައްސަލައަށް އަވަސް އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށާއި، ސަރަޙައްދުގެ ހަމަޖެހުމާއި ހަމަޖެހުން ޤާއިމުކުރުމަށް ހުރިހާ ޤައުމުތަކަކުން ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން މި ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ހަމާސް ޖަމާއަތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ހަނިއްޔާ އަވަހާރަކޮށްލާފައި ވަނީ ތެހެރާނުގައި އޭނާ ހުންނެވި ގެކޮޅަށް އިޒްރޭލުން ދިން ހަމަލާއެއްގައި ކަމަށެވެ.

ހަމާސް އިން ބުނީ ގަތަރުގައި ދިރިއުޅުއްވިޔަސް އީރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގައި ހުންނަވަނިކޮށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް