ހދ. މަކުނުދޫގައި ހިނގި މި ހާދިސާގައި ކުށްވެރިވި ފިރިހެން މީހާގެ މައްޗަށް ދައުލަތުން އުފުލާފއިވަނީ މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
މި މީހާގެ މައްޗަށް ކުށް ސާބިތުވެ އޭނާ 14،000 ރުފިޔާއިން ޖޫރިމަނާކުރުމަށްް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ދެ މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް އޭނާގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
2021 ވަނަ އަހަރުގެ ކުރީކޮޅު މަކުނޫދޫ ގެއެއްގެ ދޮރުމަތީ ހިނގި މިހާދިސާއާއި ގުޅިގެން ފިރިހެން މީހާގެ މައްޗަށް ދައުލަތުން ދައުވާކުރުމުން އޭނާވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި ދައުލަތާއި އެކު ހެދި އެއްބަސްވުމުގެ ދަށުން މީނާގެ މައްޗަށް އައި ދެ މަސްދުވަހުގެ ޖަލު ހުކުމް ކޯޓުން ވަނީ ޖޫރިމަނާއަށްް ބަދަލުކޮށްފައެވެ.