ރިކޯޑް ފީއަކަށް، ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެފައިވާ އެމްބާޕޭގެ ކުންފުންޏެއް ކަމަށްވާ އިންޓަކަނެކްޓެޑް ވެންޗާސް ކުންފުނިން ކާއެން ކްލަބުގެ 80 ޕަސެންޓް ހިއްސާ ގަނެފައި ވަނީ އިންވެސްޓްމަންޓް ފާމެއް މެދުވެރިކޮށެވެ. މި ކްލަބު ގަތުމަށް އެމްބާޕޭ މަދުވެގެން 15 މިލިއަން ޔޫރޯ ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނިނަމަވެސް ރަސްމީކޮށް މި ޑީލްގެ އަގެއް އަދި ހާމަ ނުވެއެވެ.
އެމްބާޕާގެ ކްލަބުގެ، އާ ޗެއާމަނަކަށް ހޮވާފައި ވަނީ އެމްބާޕޭގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ޒައިދު ހަމޫދެވެ. ހަމޫދު ވިދާޅުވީ، ކުލަބުގެ އަޒުމަކީ ޒުވާން ހުނަރުވެރިން ކުރިއަރާނެ މާހައުލެއް އުފައްދައި، ކުލަބު ދިފާއު ކުރެވޭ ފަދަ އައިޑެންޓިޓީއެއް އުފެއްދުން ކަމަށެވެ.
ކާއެން، އެންމެ ފަހުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2019 ވަނަ އަހަރުއެވެ.