ads
ހާމިދު ޝަފީއު
ހާމިދު ޝަފީއުގެ މައްޗަށް ގައިބަށްކުރާ ކަށުނަމާދު މާދަމާ މަރުކަޒުގައި
ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއުގެ މައްޗަށް އައިބަށް މާދަމާ ރާއްޖޭގައި ކަށު ނަމާދުކުރަން ނިންމައިފިއެވެ.
Advertisement

ހާމިދު ޝަފީއުގެ މައްޗަށް ގައިބަށް ކުރާ ކަށު ނަމާދު އޮންނާނީ މާދަމާ ހުކުރު ނަމާދަށްްފަހު އިސްލާމީ މަރުކަޒުގައެވެ. 

ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހާމިދު ޝަފީއު އަވަހާރަވީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވީ އިންޑިއާގެ ބެންގަލޫރްގައެވެ. ހާމިދު ޝަފީއުގެ ޖަނާޒާ ބައްވާފައިވަނީ މިދިޔަ ހޯމަދުވަހު ބެންގަލޫރްގެ ގުއްދުސިޔާ މަސްޖިދުގައެވެ. 

އަވަހާރަވިއިރު އުމުރު ފުޅަކީ 48 އަހަރެވެ. 

އިދިކޮޅު އެމްޑީޕީގައި މުހިއްމު މަސައްކަތްތަކެއް ކުރެއްވި ހާމިދު ޝަފީއު އަކީ ހަޔާއެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު އާއި އޭސީސީގެ ކުރީގެ ރައީސް މުހައްމަދު ޝަފީއުގެ ކޮއްކޮ އެވެ. އަދި މީރާ ޑެޕިއުޓީ ކޮމިޝަނަރު ޖެނަރަލް އޮފް ޓެކްސްއޭޝަން އަސްމާ ޝަފީއުގެ ބޭބެއެވެ. 

ހާމިދު ޝަފީއު ވަނީ މިދިޔަ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށް ފުރުއްވާފައެވެ. އެމާގާމަށް އޭނާ އައްޔަންކުރެއްވީ 2019 ވަނަ އަހަރުއެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަން ނިމެންދެން އޭނާ އެ މަގާމުގައި ހުންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް