
މިދިަ ބުދަ ދުވަހުގެ ރޭ މާލޭގެ މަގުމަތީގައި ލަޓިބުރިތަކެއް ހިފައިގެން ބިދޭސީންތަކެއް މާރާމާރީ ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވިއެވެ.
އެ މާރާމާރީ ހިނގާފައިވަނީ ބަންގަލަދޭޝް އާއި ސްރީލަންކާއަށް ނިސްބަތްވާ ރައްޔިތުންތަކެއްގެ މެދުގައިކަމަށް ފުލުހުން ބުންޏެވެ. އަދި އެ މާރާމަރީ އާ ގުޅިގެން ފަސް މީހަކު ހައްޔަރުކުރުމަށްްފަހު އެމީހުން ދޫކޮށްލުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުންނާއި ސަރުކާރަށް އަމާޒުވިއެވެ.
އިމިގްރޭޝަނުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގައި މަރާމާރީ ހިންގި މައްސަލައަކާއި ގުޅިގެން ހަ ބީދޭސީއަކުން ދިވެހި ފުލުހުންގެ ހިދުމަތުން އެ އިދާރާއާ ރޭ ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ ހަ މީހުންގެ ވިސާ ބާތިލުކޮށް ޑީޕޯޓްކުރުމަށްް ނިންމާފައިވާކަމަށްވެސް އިމްގްރޭޝަނުން ބުނެއެވެ. އެހެންނަމަވެސް މީ ބުދަދުވަގެ ރޭ ހިނގި މާރާމާރީއާ ގުޅޭ މީހުންކަމެއް ނުވަތަ ނޫންކަމެއް އިމިގްރޭޝަނަކުން ނުބުނެއެވެ.
ޑީޕޯޓްކުރަން ނިންމި ބިދޭސީންގެ ފޮޓޯއާއި އުމުރު ފިޔަވާ އިތުރު ތަފްސީލެއް އިމިގްރޭޝަނުން އާއްމުކޮށްފައެއް ނުވެއެވެ.
ބުދަ ދުވަހުގެރޭ އަސްރަފީ މަގުގައި ހިނގި މާރާމާރީގއި ދެ މީހަކަށްް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާ ދިންކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.