ads
އުލިގަން މެރީނާ ޕްރޮޖެކްޓަށް އިންވެސްޓަރެއް ހޯދަނީ - ފޮޓޯ: އެމްޕީއެލް
އުލިގަން މެރީނާ ޕްރޮޖެކްޓަށް އިންވެސްޓަރެއް ހޯދަނީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އުލިގަން މެރީނާ ޕްރޮޖެކްޓަށް އިންވެސްޓަރެއް ހޯދަން އިއުލާން ކޮށްފި އެވެ.
Advertisement

އެމްޕީއެލް އިން ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ މެރީނާ ޕްރޮޖެކްޓަށް އިންވެސްޓަރެއް ހޯދާ ކަމަށެވެ. 

އުލިގަން މެރީނާ މަޝްރޫއަކީ ޗުއްޓީ ހޭދަކުރާ މީހުންނާއި ދުނިޔޭގެ ވިޔަފާރިއަށް އެންމެ ބިޒީ އެއް ކަނޑުގެ މަގު ކައިރީގައި ސްޓްރެޓެޖިކް ގޮތެއްގައި ރާއްޖޭގެ އުތުރުގައި މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ހިމެނޭ ގޮތަށް ޕްލޭންކޮށްފައިވާ ތަނެކެވެ. 

މި މަޝްރޫއުގެ މަގުސަދަކީ، ރާއްެޔަށް ވަނުމުގެ ދޮރެއްގެ ގޮތުގައި ހިދުމަތްދޭ، ޒަމާނީ އުޅަނދު ބަނދަރުކުރުމާއި ބަނދަރުކުރުމުގެ ވަސީލަތްތައް ފަދަ ވަސީލަތްތަކާއެކު ކަނޑުމަތީގެ ޔޮޓްތަކާއި، ކްރާފްޓްތަކަށް ހިދުމަތް ދިނުމެވެ.

މި އީއޯއައިއަށް ކުރިމަތިލެވޭނީ ހަމައެކަނި ރާއްޖޭގައި ގާނޫނީ ގޮތުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ފަރާތްތަކަށާއި، ސޯލް ޕްރޮޕްރައިޓަރޝިޕް ނުހިމަނައި ރާއްޖެއިން ބޭރުގައި ގާނޫނީ ގޮތުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަނިކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އިއުލާނުގައި ބުނެފައިވަނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯދުމަށް [email protected] މި އީމެއިލް މެދުވެރިކޮށް ސުވާލު ހުށަހެޅޭނެ ކަމަށެވެ. އަދި ފުރިހަމަކޮށްފައިވާ އީއޯއައި އީމެއިލް މެދުވެރިކޮށް 12 އޮގަސްޓް 2024 ވަނަ ދުވަހުގެ 16:00 ގެ ކުރިން، ހުށަހަޅަންޖެހޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް