ads
އައްޑޫ
ސައިކަލަކުން ވެއްޓުނު މީހަކު އިތުރު ފަރުވާ އަށް މާލެ އަށް
އައްޑޫ، ހިތަދޫގެ ފެން ހިންދާ ނިޒާމް ގާއިމްކުރުމަށް މަގު ކޮނެފައިވާ ހިސާބުގައި ހުރި ވެލި ފުންޏަކަށް ސައިކަލެއް އަރައި، ރޭ ހިނގި އެކްސެންޓްގައި މީހަކަށް އަނިޔާވެއްޖެ އެވެ.
Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފެން ހިންދާ ނިޒާމު ގާއިމްކުރަން މަގު ކޮނެފައިވާ ހިސާބުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ރޭ 11:50 ހާއިރު ވެލި ފުންޏަކަށް އަރައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައްޑޫ އިކުރިޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ސާފެއް ނުވެ އެވެ.

އައްޑޫގެ މަގުތައް ހެދުމާއި ފެން ހިންދުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. އެ މަޝްރޫއުގެ ދަށުން އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށެއްގެ މަގުތައް ހެދުމަށް ނިންމާފައިވެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް