ads
ޔާމީން ސަރުކާރާ ދުރަށް ދިޔައީ ބޮޑާކަމާއި ކިބުރުވެރިކަމުން: އަބްދުއްރަހީމް
ކުރީގެ ޔާމީން މި ސަރުކާރާ ދުރަށް ދިޔައީ ބޮޑާކަމާއި ކިބުރުވެރިކަމުންކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދުދެއްވައިފިއެވެ.
Advertisement

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަޕޯޓާއި އެކުގައި ގެނައި ސަރުކާރާއި ދުރަށް ޖެހިވަޑައިގަތީ ސަރުކާރުން ހަދާ ގޯސްތަކުން ހަޖަމު ކުރައްވަން އުނދަގޫވެގެން ކަމަށެވެ. އަދި ސަރުކާރުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަ ކުރައްވާ އެމައްސަލަތައް ހައްލުނުކުރެވި ދިގުލައިގެން ދާކަމުގެ ޝަކުވާ ޔާމީން ވަނީ ކުރައްވާފައެވެ. 

ރައީސް ޔާމީންގެ މި ވާހަކަތަކަށް ރައްދުދެއްވަމުން އެމަނިކުފާނުގެ އެންމެ އަރިސްކޮށް ހުންނެވުމަށްފަހު މިހާރު ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް ވަނީ ރައްޔިތުން ހެއްލިދާނެކަަމަށް މާމޮޅު ވާހަކަ ދައްކަން ނޫޅުމަށް ރައީސް ޔާމީނަށް ގޮވާލައްވާފައެވެ.

އެކްސްގައި އަބްދުއްރަހީމް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރައީސް ޔާމީން މި ސަރުކާރާ ދުރަށް ވަޑައިގަތީ ސަރުކާރުން ގޯސް ހަދާނީ ނޫންކަމަށާއި އިއްޒަތާއި ލައްޒަތަށް އޮތް ދަހިވެތިކަމެއްގެ ސަބަބުންކަމަށެވެ.  

" ސަރުކާރާ ދުރަށްޖެހުނީ ތިމާގެ ހުރި ބޮޑާކަމާ ކިބުރުވެރިކަމެއްގެ ބޮޑުކަމުންތިމާނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން.ވެރިކަމުގެ ޢިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުން.މިކަން ވަކީން ބޮޑަށް މިއަދު ރައްޔިތުނަށް ޔަގީންވަނީ ސިޔާސީގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ތިޔަޖަހާ ހަޑިހުތުރު މުޑުދާރު ސަކަރާތުން." އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

ޕީއެންއެފުން ބާއްވާ ޖަލްސާތަކުގައި ރައީސް ޔާމީން ފަހަކަށް އައިސް ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ހާއްސަކޮށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ރައީސް ޔާމީން ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް