ވިޒިޓް މޯލްޑިވްސް ޕްރޯ 2024 މިއީ، އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ އެއް ކޮމްޕޯނެންޓެއެވެ. މުބާރާތުގެ ފުރަތަމަ ދުވަހު ދިވެހި ގިނަ އެތުލީޓުންވަނީ ރާޅާ އަޅާފައެވެ. މީގެ ތެރެއިން ރާއްޖޭގެ އާމިން އުމަރު މޫސާ، ޝާމް ރާފިއު އަދި އަހުމަދު ނަޒްމީންވަނީ މެންސް ކެޓަގަރީގެ ދެވަނަ ބުރުން ފުރުސަތު ހޯދާފައެވެ.
މިއަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި 14 ގައުމަކުން 86 އެތުލީޓުން ވާދަކުރެއެވެ. މީގެތެރޭގައި ދުނިޔޭގެ ޗެމްޕިއަނުންނާއި ރޭންކިންގެ އެންމެ ކުރީސަފުގައި ގުނާލެވޭ އެތުލީޓުން ހިމެނެއެވެ. ރާއްޖެއިން މި މުބާރާތުގައި 15 އެތްލީޓުން ވާދަކުރާނެއެވެ. މިއީ، ވިޒިޓް މޯލްޑިވްސް ޕްރޯ ބާއްވާ ތިން ވަނަ ފަހަރެވެ.