ads
އައްޑޫ ސިޓީ ހަންކެދަ ބްރިޖު
ހަންކެޑަ ބްރިޖު އަންނަމަހު އާއްމުކޮށް ހުޅުވާލަނީ
އިންޓަގްރޭޓެޑް ޓްއަރިޒަމަށް އައްޑޫ ހަންކެޑަ ތަރައްޤީކުރުމަށް ފެށި މަޝްރޫއުގައި ހިމެނޭ ބްރިޖުގައި މަސައްކަތް ނިންމާ އަންނަ މަހު އާއްމުކޮށް ހުޅުވާލާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
Advertisement

ހަންކެޑަ ބްރިޖުގެ މަސައްކަތް ފެށި މިދިޔަ ސަރުކާރުން 2012 ވަނަ އަހަރުގެ އޮކްޓޫބަރުމަހުއެވެ. އައްޑޫ މަގު ހެދުމުގެ މަޝްރޫއާއި އެކު ހެދި ހަތަރު ލޭންގެ މި ބްރިޖުގެ ދިގުމިނުގައި 1.4 ކިލޯ މީޓަރު ހުރެއެވެ. ބްރިޖުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ އޭޕްރިލް 16 ވަނަދުވަހުއެވެ.

އައްޑޫ ސިޓީގެ މޭޔަރު ނިޒާރު ވިދާޅުވީ ބްރިޖުގެ ތާރުގެ މަސައްކަތް ނިންމާ ބްރިޖުގައި ކުރަންޖެހޭ ނިޝާންތަކާއި އެހެނިހެން ފާހަގަތައްވެސް ކުރަހާ ނިންމާފައިވާކަމަށެެވެ. އަދި މިހާރު ކުރިޔަށް ދަނީ ބްރިޖުގެ ދެ ފަރާތުގައި ފެންސު ޖެހުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ނިންމާ އަންނަ މަހުގެ ތެރޭގައި ބްރިޖު އާއްމުކޮށް ހުޅުވާލެވޭނެކަމަށް މޭޔަރު ވިދާޅުވިއެވެ.

ބްރިޖުގައި މަސައްކަތް ނިންމާ ޖުލައި މަހު ހުޅުވާލާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ. 

your imageއައްޑޫ ސިޓީ ހަންކެޑަ ބްރިޖް

ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކޮށް 8000 އެނދު ތަރައްޤީކުރުމަކީ މިދިޔަ ސަރުކާރުގެ ވައުދެކެވެ. އަދި މި މަސައްކަތުގެ ދަށުން މި މަޝްރޫއު ހިންގުމަށްް މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން (އެމްއެފްްއެމްސީ) އިން ޗައިނާގެ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ. 

ހަންކެޑެ ތަރައްޤީކުރުމަށްޓަކައި އެރަށުގެ ތެރެއިން އެއްބައި ލިންކްރޯޑުގައި އޮތުމުން، އޭގެ ބަދަލުގައި ރަށުގެ ހުޅަނގު ފަރާތުން ބްރިޖަކުން މަރަދޫއާއި ގުޅުވާލުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށާ އެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ނިންމާލާފައެވެ. 

އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މިދިޔަ ސަރުކާރުގައި ނިންމައި ސޮއިކުރި އައްޑޫ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުން މި ސަރުކާރުން އިފްތިތާހުކުރީ މިމަހުގެ 15 ވަނަދުވަހުއެވެ.  

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންޤިގިލާބީ ބަދަލެއް ގެނުވައިދިނުމުގެ އިތުރުން، އައްޑޫސިޓީ ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުމެވެ. މިއީ 142.9 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ.

މި މަޝްރޫއުއާއެކު އައްޑޫގައި 1,500 ވަޒީފާ އުފެދޭނެ ކަމަށް އެމްއެފްއެމްސީން ލަފާކުރެ އެވެ. މިއީ 25,000 ޓޫރިސްޓުންނަށް އަމާޒުކޮށް ހިންގާ މަޝްރޫއުއެކެވެ.

ރިއަލް އެސްޓޭޓުގެ ބޭނުމަށް ކަނޑައަޅާ ސަރަހައްދުތަކުގެ ބިން ހިއްކުމާއި، ކުއްޔަށް ދިނުމުގެ ކަންކަން ބަލަހައްޓަނީ އެމްއެފްއެމްސީންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް