ފޯރިގަދަ ފައިނަލް މެޗު ސީބީއެލްއިން ކާމިޔާބު ކުރީ އެއް ލަނޑުންނެވެ. މިއީ ސީބީއެލް އިން މި ތަށި ހޯދި ދެވަނަ ފަހަރެވެ. މުބާރާތް އޮތް މިއީ ތިންވަނަ ފަހަރެވެ.
ފައިނަލް މެޗުގައި، ޓޮސް ދިމާވުމުން ސީބީއެލް އިން ނިންމީ ކުޅެން އަރާށެވެ. ސީބީއެލް އިން 20 އޯވަރުގެ ތެރޭގައި ވަނީ އަށް ކުޅުންތެރިން ނުބައިވެގެން، 167 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، މިލާނަށް 20 އޯވަރު ހަމަވިއިރު، ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ، 166 ލަނޑެވެ.