އަބްދުއްރަހީމް މިހެން ވިދަޅުވީ ވިލާ ކޮލެޖުގައި އަލަށް ތައާރަފްކުރި ދެ ޕްރޮގުރާމެއް އިފްތިތާހުކުރުމަށް ބޭއްވި ރަަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ. ވިލާ ކޮލެޖުން އަލަށް ތައާރަފުކުރި ދެ ކޯހަކީ ބެޗެލާ އޮފް ކުއަންޓިޓީ ސާވޭ އިން އާއި ބެޗެލާ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްއެވެ.
އަބްދުއްރަހީމް ވިދާޅުވީ ބޮޑެތިކަންކަން ނިންމަވަން ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވަނީ އެކި ދާއިރާތަކުން އިލްމީ ދިރާސާތައް ކޮށްފައިކަމަށެވެ. އެހެންކަމުން އިލްމީ ދިރާސާތައް ކުރުން ރާއްޖެއަށް މުހިންމު ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
ވިލާ ކޮލެޖުން އަލަށްް ތައާރަފްކުރި ޕޮލިޓިކަލް ސައިންސް ޕްރޮގްރާމް، ރާއްޖެއަށް ކުރިއެރުން ލިބޭނެކަން ފާހަގަ ކުރައްވާ އެކަމުން ސިޔާސީ ދާއިރާއަށް ރަނގަޅު އަސަރުތަކެއް ކުރާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ތާރީހާ ބެހޭ ފޮތަކާއި ރާއްޖެއަށް އެކި ދާއިރާތަކުން ހިދުމަތްކުރެއްވި ބޭފުޅުންގެ ވާހަކަތައް ހިމެނޭ ދެ ފޮތެއް މި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވަނީ ނެރެދެއްވާފައެއެވެ.
ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚު 1" އަދި "ދިވެހިރާއްޖޭގައި އުފެދުނު ޝަރަފުވެރި ބޭބޭފުޅުންގެ ޒިކުރާގެ ތެރެއިން އުސްތާޒުންނާއި އާލިމުން، އުދަބާއުނާއި ޝާއިރުން" ގެ ނަމުގައި ނެރުނު މި ދެ ފޮތް ލިޔެއްފައިވަނީ އަހްމަދު ޝާކިރު (ކަށިމާ) އެވެ.