ads
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި އެކުންފުނީން ބައެއް އިސްވެރިން
އާރުޑީސީގެ ވެރިން މާދަމާ ކޮމެޓީއަށް ހާޒިރުކުރަނީ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީގެ) އިސްވެރިން މާދަމާ ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
Advertisement

މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ އާރުޑީސީގެ މެނޭޖްމަންޓް އެ ކޮމެޓީއަށް ޖަވާބުދާރީ ވާނެކަމަށެވެ. އަދި މާދަމާ 14:00 އޮންނަ މި ކޮމެޓީ ލައިވްކުރާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެންނަމަވެސް ކޮމެޓީ ހާޒިރުކުރަނީ ކޮންކަމަކާއި ގުޅިގެންކަމެއް ޝުޖާއު ވިދާޅެއް ނުވެއެވެ. 

މިދިޔަ ސަރުކާރުގައި އާރުޑީސީން ހިންގިކަމަށް ބުނާ 14 މިލިއަން ވުރެ ގިނަ ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. މި މައްސަލާގައި 3 މީހަކާ ސުވާލުކޮށް ތަހުގީގުކޮށް ނިމުމާކައި ހަމައަށް އައިސްފައިވާކަމަށް ފުލުހުން ވަނީ މިދިޔަ މާރިޗުމަހު ބުނެފައެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް އެމްޑީޕީގެ ޗެއާފާސަން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ. 

35 މިނެޓް ފުލުހުންގެ މަރުކަޒުގައި ހޭދަކުރުމަށްފަހު ނުކުމެވަޑައިގެން ެއެދުވަހު ފައްޔާޒު ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫންކަމަށާއި މައުލޫމާތު ސާފުކުރަންކަމަށް ފުލުހުން ބުނިކަމަށެވެ. މި ތަހުގީގު ހިންގުމުގައި ސަރުކާރުގެ ބޭނުމަކީ އޭނާއަށް އަނިޔާވެރިވާ މަންޒަރު ދައްކައިގެން އެކަމުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުންކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.


އާރުޑީސީގެ މައްސަލަ ބެލިވަރަކަށް ފެންނާނީ ކުރީ ސަރުކާރުގެ ވެރިންގެ އަމާނަތްތެރިކަންކަމަށް އެކުންފުނީގެ ކުރީގެ އެމްޑީ މުހައްމަދު އަލިމަނިކު (މޫކޭ) ވަނީ ވިދަޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް