ads
ފަތުރުވެރިންނާއެކު ތިމަރަފުށި ބީޗަށް ލައްވި ދަޯނި
ފަތުރުވެރިންނާއެކު ދޯންޏެއް ތިމަރަފުށި އެއާޕޯޓް ބީޗަށް ލައްވެއްޖެ
9 ފަތުރުވެރިންނާ 5 ފަޅުވެރިންނާއެކު ދަތުރުކުރި 'ކޮޅުލިޔާ' ނަމަކަށްކިޔާ ސަފާރީއެއް  ތިމަރަފުށި އެއަރޕޯޓް ބީޗަށް ލައްވެއްޖެއެވެ. 
Advertisement

އެމްއެންޑީއެފުން ބުނީ މި ސަފާރީގައި ތިބި ފަތރުވެރިން މިހާރު ތިބީ ތިމަރަފުށީ ގެސްޓްހައުސްއެއްގައިކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 01:10 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

ކަނޑު ގަދަވެ ކަނޑުމަތީގެ ހަ ހާދިސާއެއް ރިޕޯޓްކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

your imageމޫސުން ގޯސްވެ ދިޔަވި ދޯންޏެއް

ތ.އަތޮޅު ތެރެއިން ބާޖެއް ކަފު ޖަހައިގެން ދަތުރުކުރި ޓަގު ބޯޓެއް މޫސުން ގޯސްވެ ވައު ކަނޑައިގެންދިޔަކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މިވަގުތު ބާޖު އޮތީ ގ. ގުރައިދޫ ކައިރިއަށް ބީހިފައިކަމަށާއި ޓަގު ބޯޓް އޮތީ އެސަރަހައްދުގައި އެންކަރުކޮށްގެން އޮތްކަމަށްވެސް އެމްްެންޑީއެފުން ބުނެއެވެ. 

މީގެެއިތުރުން  ' ފިޝްމަން' ކިޔާ މަސް ދޯންޏެއް ލ. އަތޮޅަށް ދަތުރުކުރަނިކޮށް ލ. ހިތަދޫގެ 23 މޭލު ބޭރުން ދިޔަވާކަމަށް ރިޕޯޓް ރޭ ދަންވަރު 03:20 ހާއިރު ލިބުކަމަށް އެމްއެންޑީއެފުން ބުނެއެވެ.  މިދޯނި މިހާރު ވަނީ މަޑުމަޑުން ދުއްވާފައި އައިސް ލ. ހިތަދޫ ބަނދަރަށް ވަދެފައިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. 

your imageއަނިޔާވި ބިދޭސީ ފަޅުވެރިޔާއަށް ފަރުވާދެނީ 

6މީހުންނާއެކު ދަތުރުކުރި ' ބިނާ ކާގޯ' ކިޔާ ސަޕްލައި ދޯންނެއް ލ. ހިތަދޫގެ 11 މޭލު ބޭރުން އިންޖީން ހުއްޓި ދިޔަވާތީ ރޭގެ 02:43 ހާއިރު ލިބިފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. މިހާރު މިދޯނި އިތުރު ދޯންޏެއްގެ އެހީގައި މިހާރު ކަފުޖަހައިގެން ދަތުރު ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.  

10 މީހުންނާއެކު ދަތުރުކުރި ސައުތު އެކްސްޕްރެސް ދޯންޏަށް ދިޔަވާތީ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.  ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ދޯނި ވަނީ މިއަދު ހެނދުނު 09:00 ހާއިރު ލ.މާމެންދޫ ބަނދަރަށް ވައްދާފަކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

80 ފޫޓްގެ ފާގަަތި ނަމަކަށް ކިޔާ ދޯންޏަށް ދިޔަވާތީ ސެންޓްރަލް އޭރިއާ ކޮމާންޑް ދ.ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން ވަނީ ހަރަކާތްތެރިވެފަކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި ދޯނީގައި ހުރި ބިދޭސީ ފަޅުވެރިއަކަށް އަނިޔާވެ އިތުރުފަރުވާއަށް ފ.ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް  ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެ މީހާ ވަނީ ނިލަންދޫއަށް ގެންގޮސްފައިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް