ޑރ. ޝަހީމްގެ ޕީއެޗްޑިއާއި ގުޅުވާ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ ޑރ ޝަހީމްގެ އިލްމީ ފެންވަރާއި ހުނަރުވެރިކަމަކީ އެކަމާއި މެދު ސުވާލު އުފެއްދުމުގެ ޖާގައޮތްކަމެއް ނޫންކަމަށެވެ.
ޕީއެޗްޑީގައި ޑރ. ޝަހީމް ފާސްވެފައިވަނީ (ކުދި އިސްލާހު ތަކާއި އެކު) ކަމަށާއި މިއީ މަދު ކެނޑިޑޭޓެއް ފިޔަވާ ހުރިހާ ބޭފުޅުންނަށް ވެސް ލިބޭނެ އެންމެ މަތީ މާކްސްކަމަށް ޑރ އިޔާޒު ވިދާޅުވިއެވެ.
ޑރ. ޝަހީމްގެ ޕީއެޗްޑީއާއި މެދު އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ދައްކަން ފަށާފައިވަނީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަވުމުން އޭނާގެ މައްޗަށް ރާއްޖޭޢގައި ކަށު ނަމާދުކުރުގައި ދެކެވުނު ވާހަތަކާއި ގުޅިގެންނެވެ. އެކަމުގައި ޑރ އިޔާޒާއި ޑރ. ޝަހީމް ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވާފައެވެ.