ads
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ
ހަސީނާ ގައުމު ދޫކޮށް ފިއްލަވައިފި ކަމަށް ރިޕޯޓްތައް ބުނެފި
ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަސީނާ ގައުމު ދޫކޮށް ފިއްލަވައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
Advertisement

ބީބީސީން ބުނެފައިވަނީ ބަންގްލަދޭޝްގެ ސަރުކާރާއި ދެކޮޅަށް ހިންގަމުންދާ ބޮޑެތި މުޒާހަރާތަކާއި ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ޝެއިހު ހަސީނާ ގައުމު ދޫކޮށް ފިއްލަވާފައިވާ ކަމަށެވެ. 

އަދި ބައެއް ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުން ރިޕޯޓް ކުރަމުން ދާ ގޮތުގައި ހަސީނާ ގައުމު ދޫކުރައްވާ ވަޑައިގަތީ މަގާމުން އިސްތިއުފާ ވެސް ދެއްވާ ފަ އެވެ. އަދި ސިފައިން ގެ ފަރާތުން މިކަން ކަށަވަރުކޮށްދޭ ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިންޑިއާ ޓުޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަސީނާ އަސްކަރީ ހެލިކޮޕްޓަރުގައި ހަސީނާ އާއި އޭނާގެ ދައްތަ ވަނީ އިންޑިއާއަށް ގެނެސްފަ އެވެ.

މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މުޒާހަރަކުރާ ދަރިވަރުންނާ މަޝްވަރާކުރުމަށް ޝައިޚް ހަސީނާގެ ސަރުކާރުން ހުށަހެޅުމުން މުޒާހަރާގެ ބައިވެރިން ވަނީ ހަސީނާ އިސްތިއުފާ ނުދެއްވަނީސް މަޝްވަރާ ކުރުމަށް ދެކޮޅު ހަދާފަ އެވެ.

އޭއެފްޕީން ބުނި ގޮތުގައި ގަނޑުވަރު މިހާރު ވަނީ މުޒާހަރާކުރާ މީހުންގެ ބާރުގެ ދަށުގަ އެވެ. އަދި ސިފައިންގެ ވެރިޔާ ގައުމާ މުހާތަބުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ބަންގުލާދޭޝްގެ ބޮޑުވަޒީރު ޝައިހު ހަސީނާގެ އިސްތިއުފާއަށް ގޮވާލުމަށް މިއަދު ބޭއްވި އާ ބުރުގެ މުޒާހަރާތަކުގައި، މުޒާހަރާ ކުރާ މީހުންނާއި ފުލުހުންނާ ކުރިމަތިލައި، ހިނގި ހަމަނުޖެހުންތަކުގައި 300 އާންމުންގެ މީހަކު މަރުވުމުގެ އިތުރަށް 15 ފުލުހަކު މަރުވެ، އެތައް ބަޔަކު މިއަދު ޒަހަމްވެއްޖެ އެވެ.

މި މުޒާހަރާތައް ރާވާފައި ވަނީ ތަފާތު ކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރާ ހަރަކާތް, އެންޓި-ޑިސްކްރިމިނޭޝަން ސްޓޫޑެންޓްސް މޫވްމަންޓުގެ ދަރިވަރުންނެވެ. އެމީހުންގެ ގޮވާލުމަކީ 1971 ގައި ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަކުރި އެ ގައުމުގެ އަސްކަރިއްޔާގެ މީހުންނަށް ސަރުކާރުން ދޭ 30 ޕަސަންޓުގެ ވަޒީފާގެ ކޯޓާ ދެކޮޅު ނުޖެހުމެވެ. އަދި ސަރުކާރުގެ އެ ނިންމުމާއި ދެކޮޅު ހެދުމެވެ. ނަމަވެސް ސަރުކާރުގެ އެ ނިންމުން ބަދަލުކޮށް، ބަންގްލަދޭޝްގެ ސުޕްރިމް ކޯޓުން ވަނީ ފަސް ޕަސަންޓަށް ކޯޓާގެ އަދަދު ކުޑަކޮށްފަ އެވެ.

ބަންގްލަދޭޝް ސަރުކާރާއި ދެކޮޅަށް ރައްޔިތުން ނިކުތުމުން އުފެދިފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން ބައެއް ގައުމުތަކުން މިހާރު ވަނީ ބަންގްލަދޭޝްއަށް ދަތުރުކުރުމުގައި ރައްކާތެރިވުމަށް ގޮވާލައިފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް