ads
ހަސީނާ
ހަސީނާ އިސްތިއުފާ ދެއްވައިފި، މިހާރު ހުންނެވީ އިންޑިއާގައި..!
ބަންގްލާދޭޝްގައި ސަރުކާރާ ދެކޮޅު މުޒާހަރާ ވަރުގަދަވެ ސަރުކާރަށް ދައުލަތުގެ ކޮންޓްރޯލް ގެއްލުމުން ބޮޑުވަޒީރު ޝައިހު ހަސީނާގެ އިސްތިއުފާ ދެއްވާ އިންޑިއާގައި ފިއްލަވައިފި ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފި އެވެ.
Advertisement

އުމުރުން 76 އަހަރުގެ ހަސީނާ މިހާރު ވަނީ ގައުމު ދޫކޮށް އެހެން ގައުމަކަށް ވަޑައިގެންފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބީބީސީން ބުނި ގޮތުގައި ހަސީނާ ހެލިކޮޕްޓަރެއްގައި ވަޑައިގަތީ އިންޑިއާގެ އަގާޓަލާ ސިޓީއަށެވެ.

ބަންގްލަދޭޝްގެ ސަރުކާރު ވަޒީފާތަކަށް މީހުން އިހުތިޔާރު ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް މިދިޔަ މަހު ފެށި މުޒާހަރާތައް ހުއްޓާލިތާ ދޮޅު ހަފުތާ ފަހުން މިހާރު އަލުން މުޒާހަރާތައް ފެށީ ކުރީގެ މުޒާހަރާތަކުގައި ފުލުހުން ހައްޔަރުކޮށްފައިވާ އެތައް ސަތޭކަ ބަޔަކު މިނިވަން ކުރުމަށް އެދި އެވެ. އަދި ބޮޑުވަޒީރު ޝައިހު ހަސީނާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

މުޒާހަރާކުރާ އާންމުން ބުނާގޮތުން މުޒާހަރާކުރާ މީހުންނަށް ހަމަލާދެނީ ޝައިހު ހަސީނާގެ އަވާމީ ލީގު ޕާޓީގެ ހަރުކަށި އެކްޓިވިސްޓުންނެވެ. މުޒާހަރާގެ ބައިވެރިންނާއި އަވާމީ ލީގު ޕާޓީގެ އެކްޓިވިސްޓުންނާ ދެމެދު މަގުތަކުގައި ދަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންނެވެ.

your imageބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި އެކަމަނާގެ ސަރުކާރާ ދެކޮޅަށް ބޭއްވި އެއްވުމުގެ ތެރެއިން މުޒާހަރާގެ ބައިވެރިން ރޯކޮށްލި ޝޮޕިން ސެންޓަރެއްގެ ކައިރިން މީހުން ދުވަނީ

މުޒާހަރާގެ ބައިވެރިންނާއި ހަސީނާގެ އެކްޓިވިސްޓުންނާ ދެމެދު ކުރިމަތިލުންތައް ހިނގަންފެށީ އަލިފާން ބޮން ފަދަ ތަކެތި ބޭނުންކޮށްގެން އެކްޓިވިސްޓުން މުޒާހަރާ ކުރާ މީހުންނަށް ހަމަލާތައް ދޭންފެށުމުންކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ ޖެނުއަރީ މަހު ފަސް ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ހަސީނާ ދިރިއުޅުއްވާ ގަނޑުވަރަށް އެ ގައުމުގެ އާންމު ވަދެގަނެފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ.

ހަސީނާ ސަރުކާރުން ވަނީ ދަރިވަރުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ނެރެ މަދުވެގެން 300 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ. ހަސީނާއަށް ތާއީދު ކުރާ އެ ގައުމުގެ ގޭންގުތަކުން ވެސް ވަނީ މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ތެދުވެފަ އެވެ.

މިވަގުތު ވެސް މިލިއަނަކަށް ވުރެ ގިނަ ރައްޔިތުން ދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ކަމަށްވެ އެވެ. މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މުޒާހަރަކުރާ ދަރިވަރުންނާ މަޝްވަރާކުރުމަށް ޝައިހު ހަސީނާގެ ސަރުކާރުން ހުށަހެޅުމުން މުޒާހަރާގެ ބައިވެރިން ވަނީ ހަސީނާ އިސްތިއުފާ ނުދެއްވަނީސް މަޝްވަރާ ކުރުމަށް ދެކޮޅު ހަދާފަ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް