ޖަރުމަނުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ކްރޫޒް ކުޅުން ހުއްޓާލީ ޔޫރޯގެ ސެމީ ފައިނަލުން ސްޕެއިން އަތުން ޖަރުމަނު ބަލިވި މެޗަށް ފަހުއެވެ. އޭގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުން މޮޅުވެ، ކްރޫޒްވަނީ ކްލަބު ފުޓްބޯޅަ ހުއްޓާލާފައެވެ.
މިއީ ކްރޫސް އަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު ދެވަނަ ފަހަރެވެ. މީގެކުރީން، 2018 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެސް ކްރޫސް އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ހޮވުނީ، ބުންޑެސްލީގާ ކާމިޔާބުކުރި ބަޔާ ލެވަކޫސަންގެ ޒާބީ އަލޮންސޯ އެވެ.