ނެވެސް ޕީއެސްޖީއަށް
ސްޕޯޓްސް ޓީމް
06 އޯގަސްޓް 2024 - 22:22:49
ޕޯޗުގަލްގެ ޒުވާން ކުޅުންތެރިޔާ ޔާއޯ ނެވެސް، ޕީއެސްޖީއަށްއަށް ސޮއި ކޮށްފި އެވެ.
ބެންފީކާއަށް ކުޅެމުން އައި ނެވެސް، ފްރާންސްގެ ޕީއެސްޖީއަށް ސޮއި ކުރީ ފަސް އަހަރުގެ އެގްރީމެންޓެއްގައެވެ. އުމުރުން 19 އަހަރުގެ ކުޅުންތެރިޔާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ބެންފީކާ ދޫކޮށް ނެވެސް ޕީއެސްޖީ އަށް ބަދަލުވީ 60 މިލިއަން ޔޫރޯ އަށެވެ. ނެވެސް ހޯދުމުގެ ޑީލްގެ ދަށުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ރެނާޓޯ ސަންޗޭޒް، ލޯނު އެއްބަސްވުމެއްގެ ދަށުން ބެންފީކާ އަށް ބަދަލުވާނެ އެވެ.
ނެވެސް ވަނީ ބެންފީކާއާއެކު ދެ ތަށި ހޯދާފައެވެ. އޭނާވަނީ ޕޯޗުގަލްގެ ގައުމީ ޓީމުން ޖާގަ ހޯދައި، ޔޫރޯގައިވެސް ކުޅެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް