ads
ރައީސް ޑރ. މުއިއްޒު ވަޑައިގަތުމުން ނާއިބު ރައީސް ވީއައިއޭ އިން މަރުހަބާ ދަންނަވަނީ
ދެވަނަ ދައުރަކަށް މުއިއްޒު ހޮއްވަވާނެ ކަމާމެދު ޝައްކެއް ނެތް: ނައިބު ރައީސް
ދެވަަނަ ދައުރަކަށް ރައީސަކު ހޮވާކަމުގައި ވާނަމަ މި ފަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު، ހޮއްވަވާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުންނަށް ދަތިވާ ކަންކަމުގައި އަޑުއެހުމުގެ ގާބިލުކަން ހުންނެވި ބޭފުޅެއް ކަމަށާއި ރައީސް މުއިއްޒު ކަންކަން ބާރު ސްޕީޑުގައި ތަރުތީބު ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. 

އަދި ރައީސްގެ މެނިފެސްޓޯގައިވާ ކަންކަމަކީ މި ފަސް އަހަރުތެރޭ ހާސިލުކުރެވޭނެ ކަންކަން ކަމަށާއި އެ މަގަށް މަސައްކަތް ކުރާއިރު ދަތިތަކެއް ވެސް އެބަހުރިކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

"ރައީސް މުއިއްޒު އެމަނިކުފާނުގެ ޒައާމަތުގައި ދައްކާނެ. އޭރުން ރައްޔިތުން ނިކުމެ އެމަނިކުފާނު ދެވަނަ ދައުރަކަށް، ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ހޮވާ ކަމަށްވާނަމަ މިފަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ތިބޭފުޅުން ހޮއްވަވާނެ ކަމާމެދު ޝައްކެއް ނެތް،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ދައުލަތުގެ ބާރުތައް ހިނގާނީ ރައްޔިތުންގެ ކިބައިން ކަމަށާ އެ ހަނދާން ރައީސްގެ ކަންފަތްޕުޅުން ނެތިގެން ނުދާނެ ކަމަށެވެ. ރައީސް އެމަނިކުފާނުގެ ކެބިނެޓާއި ޕާޓީގެ ވެރީންނަށް އަބަދުވެސް ދެއްވާ އިރުޝާދަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގަތުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމަށާ ދައުލަތް ހިންގަވަން މިވަގުތު ކިތަންމެ ބޮޑެތި ހުރަސްތަކެއް ހުރި ނަމަވެސް އެކަންކަމުން އަރައިގަނެ ތަފާތު ދައްކަވާނެ ކަމަށެވެ.  

ނައިބު ރައީސްގެ ވާހަކައިގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ މެދުގައި ނަފުރަތު އުފައްދަން ސިޔާސީ ވެރިން ދައްކަވާ ވާހަކަތަކުގެ ހިތި ނަތީޖާ ބަޔާންކުރައްވަމުން ވިދާޅުވީ ސިޔާސީ ގޮތުން އަރައިރުންވާން ހަދައިގެން މުޅި ރާއްޖޭގައި އަނިޔާވެރިކަން މޫލާފައިވާ ކަމަށެވެ. އަދި ގައުމު ތަރައްގީ ކުރެވޭނީ އަމާންކަމާއި ސުލްހަމަސަލަސްކަން އޮވެގެންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ 

ނައިބު ރައީސް ވިދާޅުވީ މިވީ ދުވަސްތަކުގައި ދައުލަތުގެ ބަޖެޓަށާއި ރައްޔިތުންގެ ފުދުންތެރިކަމަށް އައި ބަދަލުތައް ފެންނަން އެބަހުރި ކަމަށާއި ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުމަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް