ads
ރައީސް ޔާމީން އަދި އަބްދުއްރަހީމް
ވެރިކަން ނިމުނުއިރު ޔާމީންގެ އެކައުންޓްގައި ހުރި ފައިސާގެ ތަފްސީލް އަބްދުއްރަހީމްގެ ދުލުން
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަސް އަހަރުގެ ވެރިކަމުގެ ދައުރު ނިމުނުއިރު، އެމަނިކުފާނުގެ ބޭންކު އެކައުންޓުގައި ހުރި ފައިސާގެ ތަފްސީލް ޔާމީންގެ އިހު އެކުވެރިޔާ މިހާރު ސިޔާސީ ވާދަވެރިޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެ ދެއްވައިފި އެވެ.
Advertisement

ޕީއެންސީގެ ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އެކައުންޓުތަކުގައި އެއް ލައްކަ ރުފިޔާ ވެސް ނެތް ކަމަށާއި ނަމަވެސް ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު، އެކައުންޓުގައި 500 މިލިއަނުން ފައިސާ ހުރި ކަމަށެވެ. އަދި އެ ފައިސާއަކީ ކިހިނެއް ހޯދި ފައިސާއެއްތޯ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދާފައެވެ.

"އަބްދުއްރަހީމް ފައިސާ ހޯދީ ކޮންތާކުންތޯ އެހީމާ އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވާ، 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ތިމާއަށް ނިސްބަތްވާ އެއްވެސް އެކައުންޓެއްގަ އެއްލައްކަ ރުފިޔާ ހަމަނުވާ ބޭފުޅަކު ފަސް އަހަރު ފަހުން ވެރިކަމުން ފައިބާ ވަޑައިގެންނެވިއިރު 400 މިލިއަނުން 500 މިލިއަނުން އެ އެކައުންޓްގަ ލާރި ހުރީ، ކޮންތާކުން ހޯދި ފައިސާއެއްތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަބްދުލްރަހީމް ވަނީ ރައްދު ދޭން ވެސް ޖަދަލުކުރަން ވެސް ތިބީ ތައްޔާރަށް ކަމަށާއި ސިޔާސީ ހަޔާތް އެކީ ހޭދަކުރީ ޔާމީނާއެކު ކަމަށްވީ ނަމަވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޔާމީން ދެއްވީ ލަގާއެއް ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން އެ މަޖިލީހުގެ ނައިބު ރައީސްކަން އޭނާ އަށް ގެއްލުވާލީ ޔާމީން ކަމަށާއި ހިޔާނާތްތެރިންނަކީ އެއީ ކަމަށްވެސް އަބްދުލްރަހީމް ވިދާޅުވި އެވެ. 

"އެއީ ހިޔާނާތްތެރިންނަކީ. އެއީ މީހުންގެ ހިދުމަތުގެ އަގު ވަޒަން ކުރަން ނޭނގޭ މީހުންނަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

your imageމިރޭ ބޭއްވި ޕީއެންސީ ޖަގަހަ ޖަލްސާގައި އަބްރުއްރަހީމް ވާހަކަދައްކަވަނީ

މި ޖަލްސާގައި ވާހަކަ ދެއްކެވި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވެސް ވަނީ ޔާމީން އަތުގައި ހުންނާނެ ފައިސާގެ ތަފްސީލު ދެއްވާފައި އެވެ. އެގޮތުން ފަލާހް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ބޭންކު އެކައުންޓުގައި ދައުލަތުގެ ބަޖެޓާ އެއްވަރަށް ފައިސާ އެބަހުރި ކަަމަށް ވިދާޅުވެ، އެ މަނިކުފާނުގެ މައްޗަށް ބޮޑެތި ތުހުމަތުކުރައްވައިފަ އެވެ.

"[އެ ކައުންޓުތަކަށް ފައިސާ] ގިނަ ވަމުން ވަމުން ގޮސް މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީނުގެ އެކައުންޓުގައި އެބަހުރި މި ދައުލަތުގެ އެއް އަހަރުގެ ބަޖެޓު ފޫބައްދާވަރަށް ފައިސާ،" 18 ވަނަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ފަލާހު ވިދާޅުވި އެވެ.

ޔާމީނު ހެންވޭރުން ގަތް ބިމުގައި އަޅާފައިވާ އިމަރާތާމެދު ވެސް ފަލާހު ސުވާލު އުފެއްދެވި އެވެ. މާލޭގައި އެވަރުގެ ބިމެއް 12 ބުރިއަށް އިމާރާތް ކުރެވޭނީ ގާތްގަނޑަކަށް 80 މިލިއަން ރުފިޔާއަށް ކަމަށާއި ލޯނެއް ނުނަގައި އެފަދަ އިމާރާތެއް ކުރާނަމަ ރައްޔިތުންވެސް ސުވާލު އުފައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް