ads
މާލޭ ސިޓީކައުންސިލް އަށް އަލަށް ހޮވުނު މެމްބަރުން މާލޭގެ މޭޔަރު އާދަމް އާޒިމާއެެކު
މާލޭ ސިޓީ ކައުންސިލަށް ހޮވުނު އާ މެމްބަރުން ހުވާކޮށްފި
މާލޭ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑިއަށް އިންތިހާބުވި މެމްބަރުން މަގާމުގެ ހުވާކޮށްފިއެވެ.
Advertisement

ކައުންސިލްގެ ތިން ގޮނޑިެއެއް ހުސްވީ އެ ދާއިރާތަކުގައި ތިއްބެވި މެމްބަރުން ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވުމާއި ގުޅިގެންނެވެ. މި ދާއިރާތަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި މި ތިން ގޮނޑިވެސް ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީންނެވެ. 

 އަލަށް ހުވާކުރި ކައުންސިލް މެމްބަރުން 

  • މައްޗަންގޮޅި މެދު ދާއިރާ / ފާތިމަތު އިޝާން އަލީ، އައިނާއެޑަމްސް (ޕީއެންސީ)
  • ހެންވޭރު ހުޅަނގު ދާއިރާ / ފާތިމަތު ޝައުފާ ސަލީމް، ހ. އިސްފަހާން (ޕީއެންސީ) 
  • ހުޅުމާލެ ދާއިރާ  ދާއިރާ / އަލީ އައިމަން، ހ. ފުޖޭރާ ( ޕީއެންސީ) 

your imageމާލޭ ސިޓީ ކައުންސިލަށް އަލަށް ހޮވުނު މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން 

ކައުންސިލުން ހުސްވި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑީގައި އިންނެވި އަހްމަދު އައިފާން ވަނީ ރައްޔިތުން މަޖިލީހުގައި ތަމްސީލުކުރައްވަނީ ހެންވޭރު އުތުރު ދާއިރާއެވެ. މައްޗަންގޮޅި މެދު ދާއިރާ ގެ މެމްބަރު މޫސާ ޒަމީރު މަޖލީހުގައިވެސް ތަމްސީލުކުރައްވަނީ ހަމަ އެ ދާއިރާއެވެ. ހުޅުމާލެ ދާއިރާގެ ހުންނެވި އިބްރާހިމް ސުޖާއު މަޖލީހުގައި ތަމްސީލުކުރައްވަނީ އޭނާގެ އުފަން ރަށް ހިމެނޭ ބާރަށު ދާއިރާ އެވެ.

your imageކުޅުދުއްފުށި އުތުރު ދާއިރާ ގޮނޑި ކާމިޔާބުކުރި ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް އަހްމަދު ހުވާކުރުމަށް ބޭއްވި ދަރުބާރުގެ ތެރެއިން

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުސްވެފައިވާ ކުޅުދުއްފުށި އުތުރު ދާއިރާ ގޮނޑިއަށް މެމްބަރަކު ހޮވުމަށްް މިދިޔަ މަހު 20 ވަނަ ދުވަހު ބޭއްވި ބައި- އިލެކްޝަންވެސް ކާމިޔާބުކުރީ ޕީއެންސީއެވެ. އެ ގޮނޑި ކާމިޔާބުކުރި އިބްރާހީމް އަހްމަދު އޭނާގެ މަގާމުގެ ހުވާ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް