ads
މާލެ މަގުމަތި
މާލޭގައި ވެހިލަކް ރަޖިސްޓްރީކުރާ އަދަދު ކަނޑަަޅާ ދިރާސާ ފަށަނީ
މާލޭގައި ވެހިކަލް ރަޖިސްޓްރީކުރެވޭނެ އެންމެ މަތީ އަދަދު ކަނޑައަޅަން ހަދާ ދިރާސާގެ މަސައްކަތް ފެށުމަށްް ތައްޔާރުވަމުން އަންކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
Advertisement

މާލޭގައި ވެހިކަލް އެންމެ ގިނަ އަދަކަކަށް ދުއްވޭނެ މިންވަރު ދެނެގަތުމަށް އެސެސްމަންޓް ހަދަން ބަޔަކު ހޯދުމަށް ސިޓީ ކައުންސިލުން ހުޅުވާލުމުން އެކަމަށް ކުރިމަތިލާފައިވަނީ އެންމެ ބައެއްކަމަށް އެ ކައުންސިލުން ބުނެއެވެ. 

މާލޭ މޭޔަރު އަލީ އާޒިމް ވިދާޅުވީ މާލޭގައި ވެހިކަލް އެންމެ ގިނަ އަދަކަކަށް ދުއްވޭނެ މިންވަރު ދެނެގަތުމަށް ހަދަން ޖެހޭ ދިރާސާތައް ކޮށްދޭން ކުރިމަތިލީ ފަރާތާ މި ހަފްތާ ނިމުމުގެ ކުރިން މަސައްކަތް ހަވާލުކުރާނެކަމަށެވެ. އަދި މިކަމަށް ހޭދަވާނެ މުއްދަތު އެނގޭނީ އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ފެށުމުންކަމަށް އާޒިމް ވިދާޅުވިއެވެ.

މި ސާވޭގައި މާލޭ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނެ އެންމެ ގިނަ އަދަދު އަދި އެކި ބާވަތްތަކުގައި އުޅަނދުތަކުގެ އަދަދު ވަކިވަކިން ކަނޑައަޅަންޖެހެއެވެ. 

މީގެ އިތުރުން މާލޭގައި އެއްގަމު އުޅަނދު ދުއްވޭނެ އެންމެ ދިގު މުއްދަތާއި ވަކިވަކި ފަރުންދުންނާއި ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކުގެ ނަމުގައި ރަޖިސްޓްރީކުރެވޭނެ އެންމެ ގިނަ އަދަދު އުޅަނދު ވަކިވަކިން އެގެންޖެހޭނެކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް