ads
ޓުރުކީގެ ޓޫރިޒަމް މިނިސްޓަރާ މިނިސްތަރު މާރިޔާ ބައްދަލުކުރެއްވުން
ތުރުކީގައި ސްކޮލާޝިޕް ފުރުސަތުތަކާ ބެހޭގޮތުން މިނިސްޓަރު މާރިޔާ މަޝްވަރާކޮށްފި
ދިވެހިންނަށް ތުރުކީން ލިބެންހުރި ސްކޮލާޝިޕް ފުރުސަތުތަކާއި ގުޅޭގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މަޝްވަރާކޮށްފި އެވެ.
Advertisement

މިނިސްޓަރު މާރިޔާ މިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވީ ތުރުކީގެ ޓޫރިޒަމް އަދި ކަލްޗާ މިނިސްޓަރާއި ބައްދަލުކުރެއްވުމުނެ ތެރެއިންނެވެ.

މިނިސްޓަރު މާރިޔާ ތުރުކީއަށް ކުރައްވާ ދަތުރުފުޅަކީ އެގައުމުގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްކަަމަށް ހަޔާ އެޑިއުކޭޝަނުން މައުލޫމާތުދެއެވެ. މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓި މިނިސްޓަރ އައިމިނަތު ޝަޝީ އަދި މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އައިމިނަތު ހިކްމާވެސް ބައިވެރިވެވަޑައިނަވަ އެވެ.

އެގައުމުގެ އޮސްޓިމް ޓެކްނިކަލް ޔުނިވާސިޓީގެ ދައުވަތަކަށް ބޭއްވި މި ބައްދަލުވުމުގައި ދިވެހިންނަށް ތުރުކީން ލިބެންހުރި ކިޔެވުމުގެ ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. އެގޮތުން ހާއްސަކޮށް ސްކޮލާޝިޕް ފުރުސަތުތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.

މިނިސްޓަރު މާރިޔާ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އަންނަނީ އެކި ގައުމުތަކުގެ ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި ބައްދަލުކުރައްވާ، އެގައުމުތަކުން ދިވެހި ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާ، އެކި ދާއިރާތަކުން ހުނަރުވެރިން އުފެއްދުމަށް ހުރި ފުރުސަތުތައް ހޯއްދަވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް