ފުލުހުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި އުމުރުން 62 އަހަރުގެ މިމީހާ އަތުން ފޭރުނީ އޭނާ މާލެއަށް އައިސް ކުއްޔަަށް ހުރި ކޮޓަރިއަށް ވަން ބައެކެވެ. އެމީހުން އޭނާ އަތުގައި ހުރި ފައިސާތައް ފޭރިގަތީ ބިރުދައްކައިގެންނެވެ.
އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރިއަސް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މާލޭގެ ގެއަކަށް ވަދެ، ގިނަ އަދަދެއްގެ ފައިސާ ފޭރުނު ފިރިހެނަކު ވެސް ފުލުހުން ވަނީ ރޭ ހައްޔަރުކޮށްފަ އެވެ.