މިކަމުގެ ސަބަބުން ރޯދައަށް ހުންނަ އިރު ރޯދަވެރިޔާއަށް ދެއްކޭ ބޭކާރު ވާހަކަތަކާއި، ކުރެވޭ ނުރަނގަޅު ކަންތައްތަކާއި، ފާފަތަކުން އޭނާ ތޯހިރުވެގެން ދެއެވެ.
އަދި ފަގީރުންނަށް އިހުސާންތެރިވުމާއި، ތަނަވަސް މީހުންނެކޭ އެއްފަދައިން އެ މީހުން ވެސް އީދުގެ އުފަލުގައި ބައިވެރިކުރެވި، ދީލަތިކަމުގެ ރިވެތި ހުލްގް ތިބާއަށް ލިބިގެން ދިޔުމަށް މަގުފަހިކޮށްދޭ ކަމަށް އިލްމުވެރިން ބަޔާން ކުރައްވަ އެވެ.
އަހުންނޭވެ! ތިޔަބައިމީހުންގެ މި މައްސަރު ނިންމުމުގެ ގޮތުން އީދު ނަމާދުގެ ކުރީގައި ފިތުރު ޒަކާތް އަދާކުރުން ﷲ ވަނީ ތިޔަބައިމީހުންނަށް ޝަރުއު ކުރައްވާފަ އެވެ. ފިތުރު ޒަކާތަކީ ﷲ ތައާލާ ޝަރުއު ކުރައްވާފައިވާ ދެ ޒަކާތުގެ ތެރެއިން އެއް ޒަކާތެވެ. ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީސް ބަސްފުޅުތަކުން ސާފުވަނީ ފިތުރު ޒަކާތަކީ އަޅުގަނޑުމެން ކޮންމެ މުސްލިމުކަވުސް އަދާކުރަންޖެހޭ ވާޖިބެއް އަދި ފަރުލެއް ކަމެވެ.
ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ފަރުޟު ކުރައްވާ، ނުވަތަ އެ ކަމަކަށް އަމުރު ކުރައްވާ ކަމެއްގެ ހުކުމަކީ ހަމަ الله تعالى އެ ކަމެއް ފަރުޟު ކުރެއްވުމުގެ، ނުވަތަ އެ ކަމަށް އަމުރު ކުރެއްވުމުގެ ހުކުމެވެ.
الله تعالى ވަހީ ކުރެއްވި އެވެ. ﴿مَّن يُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ وَمَن تَوَلَّىٰ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظٗا﴾ މާނައީ: ”ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲއަށް ކިޔަމަން ވެއްޖެ އެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަން ﷲ ކަލޭގެފާނު ނުފޮނުއްވަމެވެ.“
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;