ads
މާލެ މަތިން ނަގައިފައިވާ ފޮޓޯއެއް
މާލޭގައި ބާވެފައިހުރި 4 ބުރިއާ 6 ބުރީގެ ތަންތަން ތަޅާލަނީ
މާލޭގައި ބާވެފައިހުރި އިމާރާތްތައް ތަޅާ ބިން ސާފުކުރުމަށް ކަމާއި ގުޅޭ އިދާރާތަކުން މަޝްވަރާކޮށްފިއެވެ.
Advertisement

މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އާއި މާލޭ ސިޓީ ކައުންސިލާއި ރޯޑް ކޯޕަރޭޝަނާއި އެމްޓީސީސީގެ އިތުރުން ވެމްކޯ ދެމެދުއެވެ.

ސިޓީތަކާއި ބޭހޭ މިނިސްޓްރީން ބުނީ މި މަޝްވަރާތަކުގައި ވާހަކަ ދެކެވުނީ މާލޭގައި ބާވެފައި ހުރި 4 ބުރީގެ ޢިމާރާތަކާއި، 6 ބުރީގެ ޢިމާރާތެއް ތަޅައިލުމާއި އެ ބިން ސާފުކުރުމާއި ގުޅޭ ގޮތުންްކަމަށެވެ. 

your imageބައު އިމާރާތްތައް ތަޅާލުމާއި ގުޅޭގޮތުން ބޭއްވި މަޝްޗަރާތަކުގެ ތެރެއިން މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް 

މާލޭގައި ބާވެ ބޮލަށް ވެއްޓޭވަރު ތަޅާލަން ޖެހޭ 15 ވަރަކަށް އިމާރާތްހުރިކަމަށް ކަމާއި ގުޅޭ އިދާރާތަކުން ވަނީ ބުނެފައެވެ. 

މާލޭ މިގޮތަށް ގިނަ ދުވަސް ބާވެފައިވާ ބައިވަރު އިމާރާތްތައް އެބަހުއްޓެވެ، އަދި މި ފަދަ އިމާރާތްތަކުން ބައިބައި ވެއްޓީ މަގުމަތިން ދިޔަ މީހުންނަށް އަނިޔާވެ ބައެއް އުޅަނދުތަކަށް ގެއްލުން ލިބުނު ހަދިސާތައްވެސް އަންނަނީ ހިންގަމުންނެވެ.  

ބައެއް އިމާރާތްތައް ބާވެ ވެރިން ދޫކޮށްލާފައި ހުރުމުން އެތަންތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ބައެއް އަމަލުތައްވެސް އަންނަނީ ހިންގަމުންނެވެ. ދާދި ފަހުން މާލޭގައި ހިނގި އަލުފާނުގެ ބައެއް ހާދިސާތައް ހިންގާފައިވަނީ މި ގޮތަށް ބާވެ ދޫކޮށްލާފައި ހުރި ތަންތަނުގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް