ads
ފޮޓޯ: މިފްކޯ
2026 ވަނަ އަހަރުން ފެށިގެން 80000 ޓަނުގެ މަސް ޕްރޮސެސްކުރާނެ
2026 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު 80،000 ޓަނުގެ މަސް ޕްރޮސެސް ކުރާނެކަމަށް ފިޝަރީޒަ މިނިސްޓްރީން ބުނެފި އެވެ.
Advertisement

ދައުލަތުގެ މީޑިއާ ގައި ވާހަކަދައްކަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޑރ.ހުސެއިން ސިނާން ވިދާޅުވީ މިހާރު މިނިސްޓްރީގެ މައިގަނޑު އަމާޒުހުރީ މަސްވެރިކަމުގެ ބާޒާރުތައް ހަރުދަނާ ކުރުމަށް ކަމަށެވެ. 

އެގޮތުން ސަރުކާރުގެ ވިސްނުމަކީ މަސްވެރިކަމުގެ 3 ފެސިލީޓީ، ނައިފަރު، ނިލަންދޫ، އަދި ގދ. ފިއޮރީގައި ގާއިމް ކުރާ ތަންތަނުން އަދި އަމިއްލަ ފަރާތްތަކުން މިހާރު ހޮރައިޒަން އަދި މެންސިސް އިން ދަޅުގައި ބަންދުކުރާ ކާރުހާނަތައް އައުމާއިއެކު މަސައްކަތް ފެށުން ކަމުގައި ސިނާޏް ވިދާޅުވި އެވެ.

"2026 ވަނަ އަހަރުގެ ޑިސެެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން އިރާދަކުރެއްވިއްޔާ އަހަރަކު ގާތްގަނޑަކަށް 80،000 ޓަނުގެ މަސް ޕްރޮސެސްވެގެންދާނެ، އެއީ އަޅުގަނޑުމެންގެ އަމާޒަކީި" ސިނާން ވިދާޅުވި އެވެ.

އެ 80،000 ޓަނުގެ މަސް އެކްސްޕޯޓް ކުރުމަށް، އެ މަސައްކަތް ޕްރޮސެސްކުރަން ފަށާއިރު ވިއްކާނެ ބާޒާރުތަކެއް ހޯދަން ޖެހޭކަމަށް ސިނާން ވިދާޅުވި އެވެ.

އެ މަސައްކަތަަށް ކުރަމުން ގެންދާނީ ފިޝަރީޒް ޕްރޮމޯޝަން ބޯޑުން ނުވަތަ ކުންފުނީގެ ފަރާތުން ކަަމަަށް ފާހަގަކޮށް ސިނާޏް ވިދާޅުވީ އޭގެތެރެއިން މިހާރުވެސް ރޯ މަހުގެ ގޮތުގައި އެކްސްޕޯޓް ކުރާ ތައިލެންޑް ފަދަ ގައުމުތައް ގައުމުތައް ހުރިކަަމަށެވެ. އެގޮތުން ޕްރޮސެސް ކުރަން ފަށާއިރު ބާޒާރުތައް ހޯދުމުގެ މަސައްކަތްކުރަން އެގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާއި އެކު މިހާރު ދަނީ ސަރުކާރުގެ ފަރާތުން މަޝްވަރާކުރަމުންކަމަށް ސިނާން ވިދާޅުވި އެވެ.

"ދެން މީގައި ދެކަމެއް އެބައޮތް އެއްކަމަކީ އަޅުގަނޑުމެންގެ ކުންފުނިތައް ވަރުގަދަވުން، ކުންފުނިތައް ރީޓެއިްލކޮށް މަސައްކަތް ކުރައްވާ ނޫނިއްޔާ ރާއްޖެއިން ބާނާ މަސް ބަލައިގަންނަ އެ ކޮންފިޑެންސް ވެސް އޮންނަން ޖެހޭ އަޅުގަނޑުމެންނަށް އެ ޕްރޮސެސް ކުރެވިދާނެކަމަށް" ސިނާން ވިދާޅުވި އެވެ.

ފާއިތުވި 3 މަހަކީ މަސްވެރިކަަމަށް ވަރަށް ދަތިކޮށް ދިޔަ މަހެއް ކަަމަށާއި މިފްކޯގެ އޮޕަރޭޝަންގައި ދިމާވި ދަތިތަކާއެއްކޮށް މިފްކޯއިންވެސް ޕްރޮސެސްކުރާނެ މަސް ހުސްވެގެން ދިޔަަކަމަށް ސިނާން ފާހަގަކުރެއްވި އެވެ.

ފާއިތުވި ޖޫން، ޖުލައި އަކީ ރާއްޖެގައި މަސްވެރިކަން ދަށް ދުވަސްކޮޅެއް ކަމަށް ފާހަގަކޮށް ސިނާން ވިދާޅުވީ މުޅި އިންޑިއާ ކަނޑުގައިވެސް އޮތީ މަސްވެރިކަން ވަރަށް ދަށްކޮށްކަަމަށެވެ.

އެގޮތުން މިއަހަރަކީ އެލްމީނޯ އަހަރަކަށް ވެފައި މިއަހަރު ކަނޑުގެ ލޮނުގަނޑުގެ ޓެމްޕެރޭޗަރު އޮތީ ވަރަށް އާދަޔާ ހިލާފަށް މަތިކޮށް ކަމަށާއި އޭގެ ސަބަބުން ކަނޑުގެ މަތީ ފަަށަލާގައި ހުންނަ ކާނާގެ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ސިނާން ފާހަގކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް