އުމުރުން 36 އަހަރުގެ ޑި މާރިއާ ބެންފީކާގެ ކޮންޓްރެކްޓް އާކޮށްފައިވަނީ އަންނަ ސީޒަންގެ ނިޔަލަށެވެ. އިޓަލީގެ ޔުވެންޓަސްގައި ހުރުމަށްފަހު، ޑި މާރިއާ ބެންފީކާއަށް ދެވަނަ ފަހަރަށް ބަދަލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެންމެ ފުރަތަމަ ބެންފީކާ އަށް ކުޅުނީ 2007 ވަނަ އަހަރުން 2010 ވަނަ އަހަރަށެވެ. އޭގެ ފަހުން، ދެ ވަނަ ފަހަރަށް އޭނާ ބެންފީކާ އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ.
ބެންފީކާގެ ކޮންޓްރެކްޓް އާކުރިއިރު، މިދިޔަ ޖުލައި މަހު ކޮޕާ އެމެރިކާ ކާމިޔާބު ކުރުމަށް ފަހު، ޑި މާރިއާވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.