ads
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް: ފައްޔާޒު
މި ސަރުކާރުން މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްނުވާ ރައްޔިތެއް ކަމުގައިވީ ނަމަވެސް، ގެއްލުމެއްވާން ނޭދޭ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވީ ވައުދާ ހިލާފަށް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ އެކަމާ އެމްޑީޕީން އަޑު އުފުލާނެ ކަމަށެވެ. 

ފައްޔާޒު ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ މަސައްކަތް މަޑުމަޑުން ފަށައިގެން ކުރިއަށް ގެންދާ ކަމަށާއި، ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ހަނިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ހޯދަދީފައިވާ މިހައްގުތަކަކީ ވަރަށް ބުރަ މަސައްކަތުން ހޯދާދީފައިވާ ހައްގުތަކެއްކަން ފައްޔާޒު ފާހަގަކުރެއްވި އެެވެ.

"މިއީ ވަރަށް ބިރުވެރި ސިގްނަލެއް އަޅުގަނޑުމެންނަށް މި ފެންނަނީ. އަޅުގަނޑުމެންނަށް އެބަ އިނގޭ މިއަދުގެ ސަރުކާރަކީ މިއޮތް ގާނޫނު އަސާސީގެ ހަމަތައް ގަބޫލުކުރައްވާ ބައެއް ނޫންކަން. ޑިމޮކްރެސީގެ ހަމަތައް ގަބޫލުކުރައްވާ ބައެއް ނޫންކަން، ލާމަރުކަޒީ ނިޒާމު އެއްގޮތަކަށް ވެސް ގަބޫލުކުރައްވާ ބައެއް ނޫންކަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރަށް މިއަދު ލިބިފައިވާ ބާރުތަކުގެ ތެރެއިން ލާމަރުކަޒީ ނިޒާމު އެއްކޮށް ބަދަލުކޮށް، ކައުންސިލަރުންގެ ބާރުވެރިކަން ކަނޑާލައި މަރުކަޒު ކުރުމުގެ މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރަށް ރާއްޖޭގެ އިގްތިސާދު މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ގައުމު ނުރައްކާތެރި ދިމާލަކަށް ދާތަން ފެންނަ ކަމަށާއި އެ ކަންކަން ހައްލުކުރަން އެއްވެސް ކަހަލަ ވިސްނުމެއް، ގާބިލުކަމެއް ސަރުކާރަށް ފާއިތުވީ 9 މަސްތެރޭ ދެއްކިފައި ނެތް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

މިއަދުގެ ސަރުކާރަކީ ގާނޫނު އަސާސީގެ ހަަމަތައް ގަބޫލުކުރާ ސަރުކާރެއް ނޫންކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މި ސަރުކާރުގެ ބޭފުޅުން ޑިމޮކްރަސީގެ ހަމަތައް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ. 

ރައީސް މުއިއްޒު ރައްޔިތުންނަށް ވީ އެ ވައުދު ހިފެހެއްޓުމަށްޓަކައި ވަޒީފާއިން މީހުން ވަކި ކުރާ މައްސަލައިގައި އިތުރަށް ދިރާސާކޮށް މަގުމައްޗަށް ނުކުމެ އެމީހުންނާއެކު އިހުތިޖާޖު ފެށުމަށް ފައްޔާޒް ވަނީ ގައުމީ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ރައީސް އަންވަރު އިބްރާހިމް އަރިހުގައި އެދިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް