ސަސްޕެންޑްކޮށްފައިވާ ބައެއް އެތްލީޓުންގެ ތެރޭގައި އިރާގުގެ ޖޫޑޯކާ ސައްޖާދު ސެހެން އާއި އަފްގާން ޖޫޑޯކާ މުހައްމަދު ސާމިމް ފައިޒާދު އަދި އެފްރިކަން ގޭމްސްގެ ބޮކްސިން ޗެމްޕިއަން ނައިޖީރިއާގެ ސިންތީއާ އޮގުންސެމިލޯރު ގްރީސްގެ ޕޯލް ވޯލްޓަރު އެލެނީ-ކްލައުޑިއާ ޕޮލާކް ހިމެނެއެވެ.
ގްރީސްގެ އެތްލީޓު ޑޯޕިންއިން ފެއިލްވުމުން އޭނާވަނީ ރަށަށް ފޮނުވާލާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު ޑޯޕިން މައްސަލައިގައި އޭނާ ބުނީ އޭނާ އެއްވެސް މަނާ ބޭހެއް ބޭނުން ނުކުރާ ކަމަށެވެ. "އަހަރެން ދުވަހަކުވެސް ސަޕްލިމެންޓް ނުވަތަ ޕްރޮޓީން އެއްވެސް ނުނަގަން. އެކަމަކު ދަގަނޑުގެ މިންވަރު އަހަރެންގެ ހަށިގަނޑުގައި ދަށްވުމުން ކޮންމެ ދުވަހަކުވެސް އަހަރެން މީޓް ކަން. ފަހަރުގައި މިއީ އެހެންވެ ވީ ކަމެއް ކަމަށްވެސް ވެދާނެ"