ads
ޑީޕޯޓްކޮށްލި އިންޑިޔާގެ އެތްލީޓު
އަހްލާގީ މައްސަލައެއްގައި އިންޑިޔާގެ އެތްލީޓަކު ޑީޕޯޓްކޮށްފި
އަހްލާގީ މައްސަލައަކާ ގުޅިގެން ޕެރިސް ގޭމްސްގައި ބައިވެރިވާ އިންޑިޔާގެ އެތްލީޓަކު ފްރާންސުން ޑީޕޯޓްކޮށްލައިފިއެވެ.
Advertisement

ޑީޕޯޓްކޮށްލާފައިވަނީ ރެސްލިން ކުޅުންތެރިޔާ އެންޓިމް ޕަންގާލްއެވެ. އިންޑިއަން އޮލިމްޕިކް އެސޯސިއޭޝަން (އައިއޯސީ) އިން ބުރާސްފަތި ދުވަހު ރެސްލިން ކުޅުންތެރިޔާ އެންޓިމް ޕަންގްހާލް އާއި އޭނާގެ ސަޕޯޓް ސްޓާފުން އަނބުރާ އިންޑިއާއަށް ގެންދިއުމަށް ނިންމީ ޑިސިޕްލިނަރީ ބްރީޗެއް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން އެ އެސޯސިއޭޝަނަށް ސަމާލުކަމަށް އެކަން ގެނައުމުންނެވެ.

އެންޓިމް ޑީޕޯޓްކޮށްފައިވަނީ، އޭނާގެ އިވެންޓަކުން ޑިސްކޮލިފައި ކުރިތާ 24 ގަޑިއިރުވެސް ނުވަނީހެވެ. އަންހެނުންގެ 50 ކިލޯ ފްރީސްޓައިލް ރެސްލިން ކެޓަގަރީން އޭނާ ޑިސްކޮލިފައި ކުރީ އެ އިވެންޓުގައި ވާދަކުރެވޭ ވަރަށްވުރެ 100 ގްރާމް އޭނާ ބަރުވުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެންޓިމްވަނީ އޭނާގެ ގޭމްސް އެކްރެޑިޓޭޝަން އެހެން މީހަކަށް ދީގެން ގޭމްސް ވިލެޖަށް އޭނާ ވައްދާފައެވެ. އެކަން ފްރާންސްގެ ސިކިއުރިޓީންނަށް ފަޅާއެރުމާއެކު، އެންޓިމްގެ އެކްރެޑިޓޭޝަން ބޭނުންކޮށްގެން ވަދެ ހުރި މީހާ ހައްޔަރުވެސް ކުރިއެވެ.

ހަރިޔާނާއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ރެސްލިން ކުޅުންތެރިޔާގެ މި މައްސަލަ އިންޑިޔާއިން ނެގީ ވަރަށް ސީރިއަސްކޮށެވެ. އަދި އެންމެ ފުރަތަމަ ކަމަކަށްވެސް އެ އެތްލީޓާ އޭނާގެ ކޯޗިން ސްޓާފުން ރަށަށް ފޮނުވާލީއެވެ. މި މައްސަލަ އިންޑިޔާއިން އަންނަނީ ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް