ads
މާލޭ ބަނދަރު
މާލޭ ސަރަހައްދުގެ ބަނދަރު ތަރައްގީކޮށް ބޯޓުން ފީނަގަން ވިސްނަނީ
މާލޭ، ހުޅުމާލޭ، ވިލިމާލޭ ހިމެނޭހެން އެ ސަރަހައްދުތަކުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޯޓުން ފީނަގަން ވިސްނާކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

ސިޓީ ކައުންސިލްގެ ބައްދަލުވުމަށް މި މައްސަލަ ހުށައެޅީ މޭޔަރު އާޒިމްއެވެ. 

މޭޔަރު އާޒިމް ވިދާޅުވީ މި މައްސަލަ ހުށައެޅީ ބައެއް ބޯޓް ފަހަރު ބަނދަރުގައި އަޅާފައި އޮންނަ ގޮތުން ބައެއް ބޯޓް ފަހަރުގެ ވެރިންގެ ކިބައިން ޝަކުވާތައް ލިބެމުންދާތީކަމަށެވެ. އެގޮތުން މާލޭ ދަތުރުކުރާ 60 ބޯޓްގެ ވެރިން ބައްދަލުކޮށް އެ ޝަކުވާތައް ހިއްސާކުރިކަމަށް މޭޔަރު ވިދާޅުވިއެވެ. 

އާޒިމް ވިދާޅުވީ ބަނދަރުކުރާ ބޯޓު ފަހަރުތަކުން ފީ ނެގުމުގެ ގަވާއިދެއް ކައުންސިލުން މީގެ ކުރިން ފާސްކޮށްފައި އިޮތް ނަމަވެސް އެ ގަވައިދަށް އަމަލުކުރަމުން ނުދާކަމަށެވެ. 

މި މައްސަލާގައި ވާހަކަ ދެއްކި ކައުންސިލް މެމްބަރުން ވަނީ މާސްޓާ ޕްލޭނެއް އެކުލަވާލައިގެން ޒަމީނީކޮށް ހާބަރުތައް ތަރައްގީކުރުމަށެވެ. އަދި ފީ ނެގުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ ކުރިން އެކަމަށްޓަކައި ކުރަން ޖެހޭ ކަންކަން ބެލުމަށް ކައުންސިލްގެ ޓްރެފިކް ކޮމިޓީއަށް މައްސަލަ ފޮނުވާ ދިރާސާކުރަން މެމްބަރުންވަނީ ތާއީދުކޮށްފައެވެ.

your imageމާލެ ދަތުރު ކުރާ ބޯޓުފަހަރުތަކުގެ އޮޑިވެރިންނާއި, ނެވިންނާ އެކު މޭޔަރު އާޒިމް ބޭއްވި ބައްދަލުވުމުގެ ތެރެއިން 

އާޒިމް ވިދާޅުވީ އެންމެންވެސް ދައްކަނީ ރަށްރަށުގެ ބަނދަރު ކުޑަ ވާހަކަ ކަަމަށާއި ހަގީގަތުގައި މާލޭ ބަަދަރާ ދޭތެރޭ އެހާ ބޮޑަށް ވިސްނިފައެއް ނެތް ކަމަށެވެ. މާލޭ ކައުންސިލަށް ހަވާލުވެވަޑައިގެންފަހުން މާލޭ ބަނދަރު ކުޑަކަން އިހުސާސު ކުރެވެން ފެށުނު ކަމަށް އާޒިމް ވިދާޅުވިއެވެ.

"ސަރުކާރުންނާވެސް ވާހަކަދައްކަވަމުން ދާނަން ބަނދަރުތައް ބޮޑު ކުރަން އަދި ހުޅުމާލޭގައި ބަދަރު ކުޑަނުވާނެގޮތަކަށް ހުޅުމާލޭގެ ޑިވެލޮޕމެންޓް ވެސް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން އެދެން ، އެހެން ނޫނިއްޔ ހުޅުމާލޭއަށްވެސް މާލެއަށް ޖެހުނު ހާލު ޖެހޭނެ" އާޒިމް ވިދާޅުވިއެވެ.

މީހުންގެ ތަނަަވަސްކަން އިތުރުވާވަރަކަށް އެއްގަމުގެ ކާރު ފަދަ އެއްގަމު އުޅަނދުފަހަރުގެ ބަދަލުގައ  ދެން އަންނާނީ ލޯންޗުފަހަރު ކަަމަށްވާއިރު އެއެއްޗެހި ކައިރި ކުރަންވެސް ޖާގަ ބޭނުންވާނެކަމަށް އާޒިމް ވިދާޅުވިއެވެ. މިއީ ކަނޑު އޮތްތަނެއް ކަމަށާއި ދަތުރުކުރަން ބޭނުން ޖެހިފައިވާއިރު، ތަރައްގީކުރުމުގައި އެކަންކަމަށް ވިސްނަން ޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް