ޔޫރޯގެ ފައިނަލުން އިންގްލަންޑް ބަލިވުމުން، އޭރުގެ ކޯޗު ގެރެތު ސައުތު ގޭޓް އިސްތިއުފާ ދިނިއްސުރެ، އިންގްލަންޑްގެ ކޯޗުކަމުގެ މަގާމު އޮތީ ހުސްކޮށެވެ. އެހެންކަމުން އެ މަގާމަށް އިންޓަރިމް ކޯޗެއްގެ ގޮތުގައި ގެންނަން އިންގްލެންޑުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ނިންމާފައިވަނީ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ކާސްލީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރަސްމީކޮށް އެ މަގާމަށް ކޯޗެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކާސްލީއަކީ 2012 ވަނަ އަހަރުން ފެށިގެން ކޯޗިންގައި އުޅެމުން އަންނަ މީހެކެވެ. އޭނާވަނީ އިންގްލަންޑްގެ 21 އަހަރުން ދަށުގެ ޓީމުގެ އިތުރުން 20 އަހަރުން ދަށުގެ ޓީމުވެސް ގެންގުޅެފައެވެ.