ads
މަގުބައްތިތަޢް ރަނގަޅުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ
މަގުބައްތިތަށް ރަނގަޅުކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަަނަން ނިންމައިފި އެވެ.
Advertisement

މަގުބައްތިތަށް ރަނގަޅުކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންނާފައިވާކަަން ހާމުކުރީ މިއަދު ލޯކްލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރި ޕޯސްޓެއްގައި އެވެ. 

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެކަން ކުރަން ފައިސާ ހިމަނަން ނިންމީ މިއަދު ފިނޭންސް މިނިސްޓްރީގައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް މިނިސްޓްރީއާ ދެމެދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެ މައްސަލާގެ ނާޒުކުކަމުން މި ވަގުތު ކުރެވެން ހުރި ޓެކްނިކަލް ކަންކަން އަވަހަށް ކުރުމަށް ޔޫޓިލިޓީ ރެޖިއުލޭޓަރީ އޮތޯރިޓީ އަދި ފެނަކަ ކޯޕޮރޭޝަނާ ގުޅިގެން ކުރާ ގޮތަށް ނިންމާފައިވާކަމަށްވެސް އާދަމް ޝަރީފް ހާމަކުރެއްވި އެވެ.

މީގެ ކުރިންވެސް އެކަމާ ގުޅިގެން އާދަމް ޝަރީފް ޕޯސްޓެއް ކުރެއްވި އެވެ. އެ ޕޯސްޓްގައި މިނިސްޓަރު ވިދާޅުވީ މަގުބައްތިތަށް ރަނގަޅުކުރަން ޔޫއާރުއޭ ގެ އެންގުމާއި އެއްގޮތަށް ރަށްރަށުގެ ކައުންސިލްތަކަށް ފެނަކައިން ދީފައިވާ މުހުލަތުގައި މައްސަަލަ ހައްލު ކުރެވެނެކަމަށް ނުފެންނާތި، ފެނަކައާއި ޔޫއާރުއޭ އަ ދެމެދު މަޝްވަރާ ކޮށްފައިވާކަމަށެވެ. 

މަގުބައްތިތަކުގެ މަސައްކަތަށް 85 މިލިއަން ހަރަދުވާނެކަމަށް ފެނަކައިން ލަފާކުރާއިރު ފިނޭންސް މިނިސްޓްރީން ފައިސާ ލިބުނަސް ޔުއާރުއޭ އިން ދީފައިވާ މުހުލަތުގައި މަސައްކަތް ނިމެނެކަމަސް ނުފެންނާތީ އިތުރު މަޝްވަރާކައަށް ދާން ނިންމާފައިވާކަަމަށް އެއިރު މިނިސްޓަރު ވިދާޅުވި އެވެ.

ގިނަ ރަށްރަށުގައި މަގުބައްތިތަށް ގާއިމްވެފައިހުރީ ރައްކާތެރިކޮށެއް ނޫނެވެ. މިދިޔަ މޭ މަހު ރ. އުނގޫފާރުގައި މަގުބައްތިތަކުން ކަރަންޓު ލީކުވެ، ކަރަންޓުގައި ޖެހިގެން މީހަކު މަރުވުމުގެ ހިތާމަ ވެރި ހާދިސާއެއް ހިނގި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް