ads
ޔާމީން މިނިވަންކުރުމަށް ގޮވާލީ ބޭއްްވި އެއްވުމެއްގެ ތެރެއިން
އުފަލަކީ މީ، ޝަރީއަތަށް ނުފޫޒު ފޯރުވި އޯޑިއޯތައް އެބަ ނުކުމޭ: ޔާމީން
އެމަނިކުފާނެު ޝަރީއަތް ހައިކޯޓްގައި ހިނގަމުން ދިޔައިރު އެ ޝަރީއަތަށް ނުފޫޒު ފޯރުވި މީހުންގެ އޯޑިއޯތައް ވަރަށް އަވަހަށް އެބަ ނުކުންނަކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅު ވެއްޖެ އެވެ.
Advertisement

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު ޝަރީއަތް ލަސްކުރުވަން ނުފޫޒު ފޯރުވި މީހުންގެ މައުލޫމާތުތައް އެނގިވަޑައިގަންނަވާކަމަށެވެ. އެގޮތުން ހައިކޯޓްގެ ފަނޑިޔާރެއް ފުރުވާލާ އަޔަނުދީ ހިފެހެއްޓީ ކޮން ބައެއްކަން އެނގޭކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ގުޅުވާ ޕީއެންސީގެ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ދައްކާނެ ވާހަކަތައް ނެތީ ނޫންކަމަށާއި ނަމަވެސް މީހުންގެ ފަތިފުށް ހާމަކޮށް ވާހަކަ ދެއްކުމަކީ ތަބީއަތާއި ގުޅޭކަމެއް ނޫންކަމުން އެކަން ނުކުރަނީ ކަމަށެވެ. އަދި ޝަރީއަތް ލަސް ކުރުވި މީހުންގެ ވަނަވަރު ހާމަކޮށް ވާހަކަ ދެއްކެން ނެތީ އެމަނިކުފާނުގެ ޝަރީއަތް އަދި ވެސް ހިނގަމުންދާތީކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

" އެކަމަކު މާ ލަސްތަކެއް ނުވެ އެބަ ނިކުމޭ ކޮންމެ ވެސް ކަހަލަ އަޑުތަކެއް، އަޅުގަނޑުގެ މައްސަލާގައި ނުފޫޒު ފޯރުވި މީހުންނާއި ގުޅި މީހުންނާއި، އެމީހުންގެ އޯޑިއޯ ބައިޓާއެކީ. މިއީ މީގެ އުފަލަކީ." ޔާމީން ވިދާޅުވި އެވެ.

ޕީއެންސީގެ ވެރިން އެމަނިކުފާނަށް އިހްލާސްތެރިކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކަށް ވެސް ރޭ ރައީސް ޔާމީން ވަނީ ރައްދު ދެއްވާފަ އެވެ. ޔާމީން ވިދާޅުވީ ޕީއެންސީގެ އިސްވެރިންނަކީ އިހްލާސްތެރިން ނޫންކަމަށެވެ. އެމީހުން ބޭނުންވީ އެމަނިކުފާނު ޖަލުގައި ބާއްވައިފައި ވަކި މީހަކު ރިޔާސީ ރޭހަށް ނެރެންކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. 

" އެތަނުގައި އެ ތިބި މީހުންނަކީ އިހުލާސްތެރި ނެތް ނޫން. އެތަނުގައި އެތިބި މީހުންނަކީ ސިޔާސީ ވަކި މަސައްކަތެއްގައި އަޅުގަނޑާއެކު އުޅުނު މީހުން. އިހުލާސްތެރި މީހުންނެއް ނޫން އެއީކީ އެއް." ހިތަހަމަ ނުޖެހުމާއި އެކު ޔާމީން ވިދާޅުވި އެވެ.

ފަހަކަށް އައިސް ޕީއެންސީގެ އިސްވެރިން ދަނީ ރައީސް ޔާމީނަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އެންމެ ފަހުން ބޭއްވި ޕީއެންސީ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ޒިންމާ ރައީސް ޔާމިން ނަގަންޖެހޭކަމަށާއި އެއީ ވައްކަންކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފަ އެވެ. އަދި ވެރިކަމަށް ވަޑައިގަތްއިރު އެކައުންޓްގައި އެއްލައްކަ ރުފިޔާ ހަމަނުވާއިރު ވެރިކަމުން ފޭބިއިރު މިލިއަނުން ފައިސާ ހުރިކަމަށް ވެސް އަބްދުއް ރަހީމް ވަނީ ވިދާޅުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް