އަރުޝަދުގެ ރަން މެޑެއްޔާއެކު ޕާކިސްތާނު އުފަލުން ފޮޅިފައި
ސްޕޯޓްސް ޓީމް
09 އޯގަސްޓް 2024 - 15:14:12
ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދުކަމަށްވާ އޮލިމްޕިކް ގޭމްސްގައި ޖެވެލިން އުކުމުން ޕާކިސްތާންގެ އަރުޝަދު ނަދީމް ހޯދި ރަން މެޑެއްޔާއެކު މުޅި ޕާކިސްތާނު އުފަލުން ފޮޅިއްޖެއެވެ.
އޮލިމްޕިކްސްގެ ރެކޯޑަކާއެކު އަރުޝަދު ރަން މެޑަލް ހޯދީ، އިންޑިޔާ ފަހަތަށް ޖައްސާލުމާވެސް އެކުއެވެ. އޮލިމްޕިކްސްގެ ޖެވެލިން އުކުމުގެ ރެކޯޑް އޮތީ، 2008 ވަނަ އަހަރު ބެއިޖިން އޮލިމްޕިކްސްގައި، 90.57 މީޓަރު ދުރަށް އުކައިގެން އަންޑްރެއަސް ތޯކިލްޑްސަން އަތުގަ އެވެ. އަރުޝަދު އެ ރެކޯޑް މުގުރާލީ، 92.97 މީޓަރު ދުރަށް ޖެވެލިން އުކައިގެންނެވެ.
މިއީ، 1992 ވަނަ އަހަރުގެ ފަހުން ޕާކިސްތާނަށް އޮލިމްޕިކްސްގައި ލިބުނު ފުރަތަމަ މެޑަލްގެ އިތުރުން ޕާކިސްތާނަށް އަލަށް ލިބުނު ރަން މެޑަލްއެވެ. މި ކާމިޔާބީއާއެކު ޕާކިސްތާނުގެ ޕޮލިޓީޝަނުންނާއި އަދި ކުޅިވަރުގެ ފަރާތްތަކުން އަންނަނީ އަރުޝަދަށް މަރުހަބާ ކިޔަމުންނެވެ.
ޕާކިސްތާނުގައި އަރުޝަދު ވެފައިވަނީ ގައުމީ ބަތަލަކަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް