ads
ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު, މޫސާ ޒަމީރު
ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަންނަވައިފިއެވެ.
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖައިޝަންކަރަށް ރަތްދޫލައިގެ މަރުހަބާއެއް ދެންނެވީ ރާއްޖޭގެ ހަރިޖީ ވަޒީރު މޫސާ ޒަމީރެވެ.

މީ ރައީސް ޑރ. މުއިއްޒުގެ ވެރިކަން ފެށުނު ފަހުން އިންޑީއާގެ އޮފިޝަލަކު ރާއްޖެއަށްް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

3 ދުވަހަށްް ޖައިޝަންކަރު ކުރައްވާ މި ރަސްމީ ދަތުރުގައި ރަައީސް ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. 

މި ދަތުރުގައި ރާއްޖެއާއި އިންޑިއާ ދެމެދު އެއްބަަސްވުންތަކުގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

އަދި މި ދަތުރުގައި އިންޑިއާއިން ލޯނު އެހީގައި ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަސައްކަތްތައްތައް ކުރިޔަށްދާ ގޮތް ބައްލަވައިލައްވާލައްވަން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް އައްޑޫ ސިޓީއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. 

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް.ޖައިޝަންކަރު އެންމެ ފަހުން ރާއްޖެ ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަދުވަހުއެވެ. އެ ފަހަރުގެ ޖައިޝަންކަރު ރާއްޖެ ވަޑައިގަތީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. 

ރައީސް މުއިއްޒުގެ ސަރުކާރާ ހަވާލުވުމަށްފަހު، ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުތަކަށް ބުރޫ  އަރާފައެވެ. ރާއްޖޭގެ ތިން ނައިބު ވަޒީރަކު މޯދީއަށް ސޯޝަލް މީޑިއާގައި މަލާމަތް ކުރުމާއި ރައީސް މުއިއްޒުގެ ނުސީދާ ބަހުގެ ހަމަލާތަކަކަށްފަހު ދެ ގައުމުގެ ހާރިޖީ ގުޅުން ގޯސްވިއެވެ.

ނަމަވެސް، އޭގެ ފަހުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާ އެ ގައުމުން ބޭނުންވި ގޮތަށް މަދަނީން ގެނެސް، ހާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ދަތުރާއެކު ދެ ގައުމުގެ ގުޅުންވަނީ ކުރިއަށްވުރެ ރަނގަޅުވާން ފަށާފަެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް