އޮލިމްޕިކްސްގެ ފުޓްބޯޅަ ފިރިހެން އިވެންޓްގެ ލޯ މެޑަލް މޮރޮކޯއިން ހޯދީ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި، މިސްރުގެ މައްޗަށް 6-0 އިން ކުރިހޯދައިގެންނެވެ.
މި ލޯ މެޑަލަކީ، އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި، މޮރޮކޯ އަށް ލިބުނު ފުރަތަމަ މެޑަލް އެވެ.
ތިން ވަނަ ހޮވަން ކުޅުނު މެޗުގައި މޮރޮކޯ އިން ފަސޭހަ މޮޅެއް ހޯދިއިރު، ލަނޑުތައް ޖެހީ، ސޯފިއަން ރަހީމީ ދެ ގޯލުގެ އިތުރުން، އަބްދޭ އެޒަލްޒޫލީ، ބިލާލް އަލް ހަނޫސް، އަކްރަމް ނަކަޝް އަދި ޓީމުގެ ކެޕްޓަން އަޝްރަފް ހަކީމީ އެވެ.
ފިރިހެން ފުޓްބޯޅައިގެ ފައިނަލްގައި ވާދަކުރާނީ ސްޕެއިން އަދި ފްރާންސްއެވެ.