ނޮއާއަށް 200 މީޓަރު ރޭހުން ލިބުނީ ތިންވަނައެވެ. ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒުވީ، ރޭސް ފެށުމުގެ ކުރިން ވަރަށް ފޯރި އަރުވާފައި އުޅުމަށް ފަހު ރޭހުން ބަލިވުމުން ވެއްޓި، އަދި އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނުމުންނެވެ.
ރޭސް ނިންމާފައި ވީލް ޗެއާރގައި ނޮއާ ގެންދިޔައިރު ރޭސް ފެށުމުގެ ކުރިން ދުވެ ފުމެ އެތައް ސަކަރާތެއް އޭނާ ޖެހިއެވެ.
200 މީޓަރު ރޭހުން ތިންވަނައަށް ދިޔަ ނަމަވެސް، ނޮއާވަނީ ފަސް މިލިސިކުންތުގެ ފަރަގަކުން މި ހަފްތާ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. 200 މީޓަރު އިވެންޓު އޭނާ ފުރިހަމަ ކުރީ 19.70 ސިކުންތުންނެވެ.