އަބްދުއްރަހީމާއި އެމަނިކުފާނުގެ އަނބިކަނބަލުން މާމިގިއްޔަށް ވަޑައިގަތީ ގާސިމްގެ ދައުވަތަކަށެވެ.
މި ދަތުރުގެ ބޭނުމެއް އަދި އަބްދުއްރަހީމް އާއި ގާސިމް މަޝްވަރާ ކުރެއްވި ކަމެއްގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފައިވެ އެވެ.
ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަންގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް މާމިގިއްޔަށް ވަޑައިގަތުމުން މާމިގިލި އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ގާސިމް އިބްރާހީމްއާއި އެއާޕޯޓުގެ އިސްވެރިންނާއި މުވައްޒަފުންނާއި ޖުމްހޫރީ ޕާޓީގެ އާންމު މެންބަރުންނާއި މާމިގިލީގެ ބައެއް ރައްޔިތުންނެވެ.