މި މަޝްރޫއުތަކީ ރާއްޖެއާއި އިންޑިއާގެ އެގްޒިމް ބޭންކާއި އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކެރެޑިޓް ފެސިލިޓީޒް އެއްބަސްވުމުގެ ދަށުން ހިންގުނު މަޝްރޫއުތަކެވެެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.
އިންޑީއާ ސަރުކާރުގެ އެހީގައި ގާިމުކޮށްދިނުން ފެނާއި ނަރުދަމާގެ މަޝްރޫތަކުގެ އަގު 1.6 ބިލިއަން ރުފިޔާއަށް އަރާކަމަށް ދިވެހި ސަރުކާރުން ބުނެއެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ކުރިޔަށް ގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ތެރެއިން ނިންމާ މިއަދު ހަވާލުކޮށްފައިވަނީ 21 ރަށެއްގައި ގާއިމުކުރި ފެނުގެ ނިޒާމާއި 2 ރަށެއްގައި ގާއިމުކުރި ނަރުދަމާގެ ނިޒާމާއި 5 ރަށެއްގައި ގާއިމުރި ފެނާއި ނަރުދަމާގެ ނިޒާމެވެ.
އިންޑީއާ ސަރުކާރުގެ އެހީގައި ނިންމާ ހަވާލުކުރި މަޝްރޫއުތައް
މި މަޝްރޫއުތަކުން އެރަށްރަށުގައި އުޅޭ 28 ހާހަށްވުރެ ގިނަ މީހުންނަށް މި ހިދުމަތް ލިބިގެންދާއިރު މީ ރާއްޖޭގެ އަބާދީގެ 7 އިންސައްތަކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.
މި މަޝްރޫއަތަކުގެ ދަށުން ފެނުގެ ނިޒާމު ގާއިމުކޮށް ރަށްރަށުގައި އާރުއޯ ޕްލާންޓްތައް ބަހައްޓާ ނިންމާފައިވާކަމަށް ސަރުކާރުން ބުނެއެވެ. މީގެ އިތުރުން ސްޓޯރޭޖް ޓޭންތައް ބަހައްޓާ ރަށުގެ މީހުން އުޅޭ ގޭބިސީތަކަށް ފެނާއި ނަރުދަމާއި ގުޅާދީ މީޓަރު ބަހައްޓާދީފަައިވާކަމަށްވެސް ސަރުކާރުން ބުނެއެވެ. އަދި މި ހިދުމަތްތައް ދިނުމަށް އޮފީސް އިމާރާތްތައް ގާއިމުކޮށްފައިވާކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.