މިއަދު ހެނދުނު ދިފާއީ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީއާއި އެމްއެންޑީއެފްގެ އިސް އޮފިޝަލުންގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާ ބައިވެރިވެޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި ސަލާމަތީ ކަންކަމުގައި ދެ ގައުމު އެކުގައި މަސައްކަތްކުރުމާއި އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ސަރަހައްދީ އަމަން އަމާންކަން ދެމެހެއްޓުމުގައި ދެ ގައުމަށް އެކުގައި ކުރެވޭނެ މަސައްކަތްތަކާއި މެދުގައި މަޝްވަރާކުރެއްވިކަމަށެވެ.
މިއީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ދެވަނަ ދައުރަކަށް މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
3 ދުވަހަށްް ޖައިޝަންކަރު ކުރައްވާ މި ރަސްމީ ދަތުރުގައި އިންޑިއާއިން ލޯނު އެހީގައި ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަސައްކަތްތައްތައް ކުރިޔަށްދާ ގޮތް ބައްލަވައިލައްވާލައްވަން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް އައްޑޫ ސިޓީއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.