ads
ފްލެޓު ލިބުނު ފަރާތްތަކުން އެގްރީމަންޓްގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ: ހައުސިން މިނިސްޓްރީ
ފުވައްމުލަކު ފްލެޓް ސަރަހައްދުގެ ލޭންޑް ސްކޭޕިން މަސައްކަތް ކުރަނީ
ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ފްލެޓް ސަރަހައްދުގެ ލޭންޑް ސްކޭޕިން ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ފްލެޓް ސަރަހައްދުގެ ލޭންޑް ސްކޭޕިން ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލައް ސިޓީގައި އަޅާފައިވާ ފްލެޓުތައް ލިބިފައިވާ ހައްގުވެރި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުކުރެވި ހުރި ފްލެޓުތައް އޭގެ ހައްގުވެރި ފަރާތަތްކާއި ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޝާމިން ވިދާޅުވީ ސީ ކެޓަގަރީ ފިޔަވާ ބާކީ ހުރި ކެޓަގަރީތަކުން ފްލެޓް ލިބުނު ފަރާތްތަކާއި އެ ފްލެޓްތައް ހަވާލުކޮށް އަންނަ ޖެނުއަރީ މަހުގެ 31 ގެ ކުރިން ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ލޭންޑް ސްކޭޕްގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ ވިހި ވަނަ ދުވަހުގައި އަމީން މޯލްޑިވުސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވާނެ ކަމަށް ޝާމިން ވިދާޅުވި އެވެ. އަދި މި މަސައްކަތަށް 19 މިލިއަން ރުފިޔާ ހަރަދުވާކަން ފާހަގަކުރައްވާ ޝާމިން ވިދާޅުވީ އެ މަސައްކަތް ހުއްޓުމެއް ނެތި ބާރަށް ކުރިއަށްދާ ކަމަށެވެ.

ފުވައްމުލައް ސިޓީން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ކުރިން އެއްބަސްވުމުގައި ސޮއިކުރެވިފައި ނުވާ ފަރާތްތަކާއެކު ސޮއިކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ނޮވެމްބަރ މަހު ނުވަވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހު 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގައި ވަނީ 200 ފްލެޓު އިމާރާތްކޮށްފަ އެވެ.

ފްލެޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދާއިރު މީގެ ކުރިން އެއްބަސުވުމުގައި ސޮއިކޮށް ތަނާއި ހަވާލުވި ފަރާތްތަކުން ވަނީ މިހާރު ފްލެޓުތަކުގައި ދިރިއުޅެން ފަށާފައި ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

މިއީ ކުރީގެ ސަރުކާރުން ފުވައްމުލަކުގައި އަޅާފައިވާ ފްލެޓްތަކެކެވެ. ނަމަވެސް ވެރިކަން ނިމިގެން ދިޔަ އިރުވެސް ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓް ހަވާލުކޮށްފައެއް ނުވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް