ads
ޓަމިރާތު ޓޯލާ
މެރަތަންގެ ރަން މެޑަލް އިތިއޯޕިއާގެ ޓަމިރާތު ޓޯލާއަށް
ޕެރިސް އޮލިމްޕިކްސްގެ މެރަތަންގެ ރަން މެޑަލް، އިތިއޯޕިއާގެ ޓަމިރާތު ޓޯލާ ހޯދައިފިއެވެ.
Advertisement

މިއަދު އޮތް މެރެތަންގައި ރަން މެޑަލް ހޯދާނެ ކަމަށް ބެލެވެވުނު، ވޯލްޑް ޗެމްޕިއަން އެލޫޑް ކިޕްޗޯގީއަށް ރޭސް ނިންމޭ ގޮތެއް ނުވިއެވެ. އޭނާވަނީ 10 ކިލޯމީޓަރާ ހަމައިން ރޭހުން ވަކިވެފައެވެ.  ޓަމިރާތު ޓޯލާ

ޓަމިރާތު ޓޯލާ މެރެތަން ނިންމީ ދެ ގަޑި ހަ މިނިޓް 26 ސިކުންތުންނެވެ. މިއީ 2008ގެ އޮލިމްޕިކްސްގައި ކެންޔާގެ ސެމުއެލް ވަންޖިރޫ ހެދި ރެކޯޑަށް ވުރެ ހަ ސިކުންތު އަވަސް ނިންމުމެކެވެ. އަދި މިއީ އޮލިމްޕިކްސްގެ އާ ރެކޯޑެކެވެ. 

ޓޯލާގެ ފަހަތުން ދެވަނަ ހޯދީ ބެލްޖިއަމްގެ ބަޝީރު އަބްދީ (2:06.47) އެވެ. ލޯ މެޑެލް ކާމިޔާބުކުރީ 2:07:00 އިން ނިންމި ކެންޔާގެ ބެންސަން ކިޕްރުޓޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް